ads
ފިނޭންސް މިނިސްޓްރީ ފޮޓޯ: ހަސަން ނަސީރު / ސީއެންއެމް
ދައުލަތުގެ އާމްދަނީ 20 ބިލިއަން، ހަރަދު 18 ބިލިއަން
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި އަހަރު ދައުލަތަށް 20 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
Advertisement

ފިނޭންސް މިނިސްޓްރީން މިއަދު ވަނީ މި މަހުގެ 10ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހަރަދު ހިމެނޭ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓް ނެރެފައެވެ. 

މި ރިޕޯޓްގައިވާ ގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ 20.11 ބިލިއަން ރުފިޔާ ލިބިފަ އެވެ.

މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު 18.47 ބިލިއަން ރުފިޔާއަށްވުރެ 8.8 އިންސައްތަ އިތުރު އަދަދެކެވެ.

ރިޕޯޓުގައިވާ ގޮތުން، ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 15.4 ބިލިއަން ރުފިޔާއެވެ. އެއީ  ޖުމްލަ އާމްދަނީގެ 76.3 އިންސައްތައެވެ.

ޓެކްސް އާމްދަނީގެ ތެރެއިން 8.7 ބިލިއަން ރުފިޔާ ލިބުނީ ޖީއެސްޓީ އިންނެވެ. ގްރީން ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބުނުއިރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބުނެވެ.

މި އަހަރުގެ މިހާތަނަށް 18.7 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، މިދިޔަ އަހަރު ހޭދަވީ 17.5 ބިލިއަން ރުފިޔާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް