
ފުލުހުން ކްރިމިނަލްކޯޓް ކައިރީ
މަރުވެފައިވާ މީހެއްގެ ޝަރީއަތް އޮންލައިންކޮށް ހިންގަން ތާވަލުކޮށްފި
އަހުމަދު ހަސަން
16 ޖުލައި 2025 - 11:56:41
މީގެ އަހަރެއްހާ ދުވަސް ކުރިން ނިޔާވެފައިވާ މީހެއްގެ ޖިނާއީ މައްސަލައެއް އޮންލައިންކޮށް ހިންގަން، ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
މިއަދު ހެނދުނު ކުރިއަށް ގެންދަން ތާވަލުކޮށްފައިވާ މައްސަލައަކީ، މާލޭން ދެކުނުގެ ރަށަކަށް ނިސްބަތްވާ މީހެއްގެ މައްސަލައެކެވެ.
އެ މީހާ މިދިޔަ އަހަރުގެ އޮގަސްޓް މަހު ނިޔާވެފައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީވެސް މި އަހަރުއެވެ. މައްސަލައަށް ކްރިމިނަލް ކޯޓުން ދީފައިވާ ގަޒިއްޔާ ނަންބަރަކީވެސް މި އަހަރުގެ ނަންބަރެކެވެ.
މިމައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:00 ގައި އޮންލައިންކޮށް ބާއްވާ ގޮތަށެވެ. މިއީ ކުރިން ކޮށްފައިވާ ހުކުމެއްގެ އަދަބު ތަންފީޒުކުރުމުގެ މައްސަލައެއް ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކްރިމިނަލް ކޯޓުން މި މައްސަލަ ތާވަލު ކުރީ އެ މީހާ ނިޔާވެފައިވާކަމުގެ މައުލޫމާތު އެ ކޯޓަށް ލިބިފައި ނެތުމުންނެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް