ads
އާ ޓާމިނަލްގެ ސެކިއުރިޓީ ނިޒާމުތައް ޓެސްޓްކުރަނީ
އާ ޓާމިނަލްގެ ސަލާމަތީ ނިޒާމްތައް ޓެސްޓް ކުރަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ ސަލާމަތީ ނިޒާމްތައް ޓެސްޓްކުރަން ފަށައިފިއެވެ.
Advertisement

މި މަސައްކަތް ކުރަމުން އަންނަނީ ޑިފެންސް މިނިސްޓްރީގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ޑިވިޝަން އިންނެވެ. 


ޑިފެންސް މިނިސްޓްރީން ބުނީ މި މަސައްކަތުގެ ދަށުން ޓާމިނަލްގެ އެކްސެސް ކޮންޓްރޯލާއި ސީސީޓީވީ ނިޒާމް ބަލައި ޓެސްޓްތައް ނިމިފައިވާކަމަށެވެ. 


މީގެެިތުރުން އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުން ކުރުމަށް ގާއިމުކޮށްފައިވާ ހޯލްޑް ބެގޭޖް ސްކްރީނިން އަދި ބެގޭޖް ހޭންޑްލިން ސިސްޓަމްގެ ޓެސްޓް ކުރުމަށްޓަކައި ބެގެޖް ސްކްރީނިން ޓްރަޔަލްތައް ވަރަށޤ އަވަހަށޤ ކުރިޔަށް ގެންދާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. އަދި އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުން ކުރުމަށް ޤާއިމުކޮށްފައިވާ އެހެނިހެން އާލާތްތައް ޓެސްޓް ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވެލާނާ އެއާޕޯޓްގެ އައު ޓާމިނަލް މިމަހުގެ 26 ވަނަދުވަހު ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ހުރިހާ ރައީސުންނަށް  ދައުވަތު ދިނުމަށް އެއާޕޯޓް ހިންގާ އެމްއޭސީއެލުން ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް