ads
ދަނގަޑުގަނޑު ވެއްްޓުނު ހ. ޒާހަމް އިމާރާތުގައި މަސައްކަތްކުރަމުންދަނީ އާރްސީސީ
މޫނަށް ދަގަނޑު ހެރުނު މީހާގެ ހާލު ސީރިއަސް، ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެން
ކޮންސްޓްރަކްޝަން ސައިޓެއް މަތިން ވެއްޓުނު ދަގަނޑެއް މޫނަށް ހެރުނު މީހާ އަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
Advertisement

އިއްޔެ ހެނދުނު މި ހާދިސާ ހިނގީ، ހެންވޭރުގައި ހުރި އާރްސީސީގެ ކޮންސްޓްރަކްޝަން ސައިޓަކަށް ދަގަނޑުތައް އަރުވަން އުޅުމުގެ ތެރޭގަ އެވެ. އެތަނުން ވެއްޓުނު ދަގަނޑެއް ބިދޭސީ މީހާގެ ނޭފަތާއި ދިމާލުން މޫނަށް ވަދެފައި ވާއިރު، އެތެރެ ހައްޓަށް ވެސް ފުންކޮށް ދަގަނޑު ވަދެފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ، ބިދޭސީ މީހާގެ ހަށިގަނޑަށް ވަން ދަގަނޑު ނަގަން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން އަށް ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކުރި ކަމަށާއި، މިހާރު ހަށިގަނޑުން ދަގަނޑު ނަގާފައި ވާކަމަށެވެ. 

އަދި ދަގަނޑުގެ ދިގު މިނުގައި ތިން ފޫޓު ވަރު ހުންނާނެ ކަމަށާއި، އޮޕަރޭޝަނަށް ފަހު އެމީހާ އަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރަށް ލައިގެން ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ. އަދިވެސް އެމީހާގެ ހާލު ސީރިއަސް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ތިން ފޫޓު ވަރު ހުންނާނެ ދަގަނޑުގަ. އަށް ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ދަގަނޑު މިހާރު ވަނީ ނަގާފަ. އޭނާގެ ހާލު އަދިވެސް ސީރިއަސް، މިހާރު އޭނާ އަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ބާއްވައިގެން. އޭނާ އޮތީ ވެންޓިލޭޓަރަށް ލާފައި." އަފްއާލް ވިދާޅުވި އެވެ

މި ހާދިސާ އާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަނަން ކަމަށް ފުލުހުން ވަނީ އިއްޔެ ބުނެފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން އަދި މި ހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައި ނުވެ އެވެ. 

0%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް