ads
އައްޒަ އާއި މުއާ--
އައްޒަގެ ކައިވެނި ވެސް މިއަދު
މަޝްހޫރު ފިލްމީ ދެ ތަރިން ކަމަށްވާ އަބްދުﷲ މުއާޒު (މުއާ) އާއި މަރިޔަމް އައްޒަ (އައްޒަ) މިއަދު ކައިވެނިކުރަން ތައްޔާރުވަމުން އެބަދެ އެވެ.

މުއާ އާއި އައްޒަ، ރަން ކިޔާފައި ވަނީ ވިލިމާލޭގައި މި ދެ ތަރިންގެ އާއިލާއާ އެކު މިމަހުގެ ދެ ވަނަ ދުވަހު ބޭއްވި ކުޑަ ހަފްލާއެއްގަ އެވެ.

ވިލިމާލޭގެ ބީޗް ސަރަހައްދުގައި ބޭއްވި އެ ހަފްލާގައި މުއާ އާއި އައްޒަ ތިބީ ދިވެހިވަންތަ ހެދުމުގަ އެވެ. އެގޮތުން އައްޒަ ލިބާހެއް ލައިގެން ހުރި އިރު މުއާ ހުރީ ހުދު މުންޑަކާއި ހުދު ގަމީހެއް ލައިގެންނެވެ. 30 ރުފިޔާއަށް އައްޒަ ރަންކީ އެ ހަފުލާގެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެ އެވެ.

މިއަދު ކައިވެނި ކުރަން ތައްޔާރުވަމުން އަންނަކަން އައްޒަ ހިއްސާކުރީ އިންސްޓަގްރާމު މެދުވެރިކޮށެވެ. އެގޮތުން ހަފުލާއަށް ތައްޔާރުވުމަށް ނަދާ ސެލޫންގައި މިވަގުތު އުޅެމުން އަންނަ ވީޑިއޯއެއް ވެސް އައްޒަ ހިއްސާކޮށްފައިވެެ އެވެ. 

އައްޒަ އާއި މުއާ މިއަދު ކައިވެނި ކުރަން ތައްޔާރުވަމުން އަންނައިރު ފެމެލީ ކޯޓުގައި 64 ކައިވެންޏެއް އެބަ އޮތެވެ. ސަބަބަކީ މިއަދަކީ މިއަހަރުގެ ތެރޭގައި އަންނަ އެންމެ ރީތި ތާރީހުތަކުގެ ތެރެއިން ތާރީހެއް ކަމުންނެވެ.  

50%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
35%
ވަރަށް ސަލާމް
ކޮމެންޓްސް