ads
ޖަލުގައި ބަޑި ޖެހުމުގެ ހާދިސާގެ ތެރެއިން
ސެޕްޓެމްބަރު 19 އަދި 20: ވަޔަށް، ޖައްވައް ފަޒާއަށް ބަޑި ޖެހި ދުވަސް
ދުވަހަކީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހެވެ. އެއީ ރާއްޖޭގެ ވެރިކަން 30 އަހަރު ދުވަހު ކުރެއްވި ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ބަދަލުވުމުގެ ފެށުމާ ގުޅިފައިވާ ދުވަހެކެވެ. އާދެ، ސެޕްޓެމްބަރު 19، 2003 ދުވަހަކީ ބަދަލެއްގެ ފެށުމެވެ.

މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ބަޔަކު ޖަލުގައި ހިންގި ހަމަ ނުޖެހުންތަކެއް ކޮންޓްރޯލް ކުރަން ޑިޕާޓްމެންޓް އޮފް ކަރެކްޝަންސްގެ ގާޑުން ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންގެ އެހީއަށް އެދުނެވެ. 

ޖަލުގައި ހިނގި ހަމަ ނުޖެހުންތައް ކޮންޓްރޯލް ކުރަން ސިފައިން އެންމެ ފަހުން ހަތިޔާރު ބޭނުން ކުރީއެވެ. އޭގެ ކުރިން ހުކުމް ތަންފީޒުކުރަމުން ދިޔަ ޒުވާނަކު ޖަލުގައި އެ ދުވަހު ނިޔާވި ހަބަރާއެކު މުޅި މާލެތެރެ ކެކިގަތެވެ.

މާލެ ތެރެ ހަލަބޮލިވެ، ކޮންޓްރޯލުން ނައްޓައިގެން ދިޔުމާއި އެކު ރައީސް މައުމޫން އެޅުއްވި ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަކީ ޖަލުގައި ބަޑި ޖެހުމުގެ ކަންތައް ހިނގައިދިޔަގޮތް ބެލުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވައިލުމެވެ. މި ކޮމިޝަނުގެ މެންޑޭޓަކަށް އޮތީ، އެ މައްސަލައިގައި މަސްއޫލުވާ ފަރާތްތައް ބަލައި އަދި އެ ބަޔަކު މަސްއޫލުވާ މިންވަރެއް ބަލައި، ކުށްވެރިވާ ބަޔަކަށް އިސްލާމީ ޝަރީއަތާ ރާއްޖޭގެ ގާނޫނުތަކުގައި ކަނޑައަޅާފައިވާ އަދަބެއް ދިނުމަށް އެ ބަޔަކު އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމެވެ.

މި ކޮމިޝަންގެ އިސް ބޭފުޅަކަށް ހަމަ ޖައްސަވާފައިވަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުއްސައްތާރު މޫސާ ދީދީއެވެ. ދެން އެ ކޮމިޝަނުގައި ހިމެނިވަޑައިގެންނެވީ، ޝާހީން ހަމީދާ، އާއިޝަތު މުހައްމަދު ދީދީއާ، އަބްދުﷲ ސައީދު އަދި ޑރ. މުހައްމަދު ސާލިހުއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް