ads
މިނިސްޓަރު އަސްލަމް: ފޮޓޯ- ޕްލޭނިން މިނިސްޓްރީ
އަތޮޅު ތެރެ ތަރައްގީ ނުކުރެވި، އެކަމަށް ވަނީ އިހުމާލެވެފައި: މިނިސްޓަރު އަސްލަމް
ރާއްޖޭގެ ރަށްތައް ތަރައްގީ ނުކޮށް، ރަށްތަކާއި މެދު އިހުމާލުވެފައި ވާކަމަށް، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވެފައި ވަނީ، ގއ. ދާންދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށާއި އެމްޓީސީސީގެ "ބޮޑު ޖައްރާފު" އިފްތިތާހުކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. 

އަސްލަމްގެ ވާހަކަފުޅުގައި، މީގެ ކުރީގެ ސަރުކާރުތަކުން އަތޮޅު ތެރެއަށް އިހުމާލެވެފައި ވާކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އަތޮޅު ތެރެއަށް ގެނެސްދޭންޖެހޭ ވަރަށް ތަރައްގީގެ ކަންކަން ގެނެސްދެވިފައި ނުވާ ކަމަށާއި، އަދިވެސް ބޭސް ފަރުވާ އާއި، ވަޒީފާގެ އިތުރުން އެހެނިހެން ކަންކަން ހޯދަން އަންނަން ޖެހެނީ މާލެ އަށް ކަމަށް ވިދާޅުވި އެވެ. 

އަދި މިކަމުގެ ސަބަބުން އިޖްތިމާއީ ބޮޑެތި މައްސަލަތަކެއް ދިމާވެފައި ވާކަމަށް މިނިސްޓަރު އަސްލަމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ފުރިހަމަ ތަރައްގީ ގެނެވޭނީ، ރައްޔިތުން ހިދުމަތް ހޯދުމަށް އެއް ތަނަކަށް ބާރޯސާވާންޖެހޭ ޖެހުމަށް ނިމުމެއް ގެނެސްގެން ކަމަށާއި، އެގޮތުން މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ތިން ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ކަމަށާއި، އެކަން ހަލުވި ކަމާއި އެކު މިހާރުވެސް ކުރެވެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އަދި މިކަމުގެ ސަބަބުން މާލެ އަށް ދިމާވެފައިވާ ބޯ ހިޔާވަހި ކަމުގެ މައްސަލަތަކަށްވެސް ހައްލު ލިބިގެން ދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް