
ޓިއުނީޝިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވަނީ ލާރަޔިދު ހައްޔަރުކޮށްފައި ވަނީ ސިޔާސީ މަގްސަދެއްގައި ކަމަށް އޭނާ ނިސްބަތްވާ އެއްނަހްދާ ޕާޓީ އިން ވަނީ ތުހުމަތުކޮށްފަ އެވެ.
ލާރަޔިދުގެ ވަކީލުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ 2014 ވަނަ އަހަރު އައިއެސް އާއި ގުޅެން ސީރިއާ އަދި އިރާގަށް 4،000 އަށް ވުރެ ގިނަ މީހުން ފޮނުވި ކަމުގެ ތުހުމަތުގަ އެވެ.
އަންގާރަ ދުވަހު ލާރަޔިދުގެ ހައްޔަރުކުރުމުގެ ކުރިން އެގައުމުގެ އެންޓި ޓެރަރިޒަމް ފުލުހުން ވަނީ 14 ގަޑިއިރު ވަންދެން އޭނާ އާއި ސުވާލުކޮށްފަ އެވެ.
ސެކިއުރިޓީ އަދި އޮފިޝަލުން އަންދާޒާކުރާ ގޮތުގައި އެކި ހަނގުރާމަވެރި ޖަމާތްތަކާ ގުޅެން މިދިޔަ ދިހަ އަހަރު ތެރޭ 6،000 އަށް ވުރެ ގިނަ ޓިއުނީޝިއާ ރައްޔިތުން ވަނީ އިރާގް އަދި ސީރިއާއަށް ދަތުރުކޮށްފަ އެވެ.
ހޯމަ ދުވަހު ލާރަޔެދު ވަނީ ޖަމާތްތަކާ ގުޅެން އުޅުނު މީހުން ހުއްޓުވަން އޭނާ ފިޔަވަޅުތަކެއް އެޅުއްވި ކަމަށް ވިދާޅުވެފައެވެ.