ads
ނާއިބު ރައީސް ބާސްކެޓް ޓީމާ ބައްދަލު ކުރެއްވުމުގެ ތެރެއިން
ނައިބު ރައީސް ބާސްކެޓް ޓީމާ ބައްދަލު ކުރައްވައިފި
ނައިބު ރައީސް ފައިސަލް ނަސީމް، "ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕް" ގައި ވާދަކުރާ އަންހެން ގައުމީ ބާސްކެޓްބޯޅަ ޓީމާއި ބައްދަލުކުރައްވައި ހިތްވަރު ދެއްވައއިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މޯލްޑިވްސް ސެންޓަ ފޮ ސޯޝަލް އެޑިއުކޭޝަންގެ އިންޑޯ ހޯލުގައެވެ.

ކުޅުންތެރިންނާ މުހާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ދިވެހި ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކުރުމަށް އަމމާޒުކޮށްގެން ތަމްރީނުގެ އިތުރު ފުރުސަތުތައް ކުޅުންތެރިންނަށް ފަހިކޮށށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ އަންހެން ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މި މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެންމެހާ ކުޅުންތެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންގެ އިތުރުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް