ސްކޫލަށް ހަމަލާދީފައި
މިޔަންމާގައި ސްކޫލަކަށް ބަޑިޖަހައި 10 ކުދިން މަރާލައިފި
Share
ހަނގުރާމަވެރިން ފިލާތިބިކަމަށް ބުނެ، މިޔަންމާ ސިފައިން ސްކޫލަކަށް ދިން ބަޑީގެ ހަމަލާގައި 10 ކުއްޖަކު މަރާލައި، ޓީޗަރުން ހިމެނޭހެން 20 ކުއްޖަކު ވަގަށް ނަގައިފި އެވެ.
Advertisement

މި ހަމަލާގައި 17 ކުއްޖަކު ޒަހަމުވެފައިވާއިރު، ޔޫއެން ޗިލްޑްރަންސް ފަންޑުން ބުނާގޮތުން، 15 ކުދިން ވަނީ ގެެއްލިފައެވެ.

ސްކޫލަށް ދިން ވައިގެ ބަޑީގެ ހަމަލާތައް ގަޑިއިރެއްވަންދެން ނުހުއްޓި ކުރިއަށް ދިޔަކަމަށް އެސޯސިއޭޓެޑް ޕްރެސްގެ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން އެ ސްކޫލްގެ އެޑްމިނިސްޓްރޭޓަރު މާ މާ ވިދާޅުވި އެވެ.

ސްކޫލަށް ހަމަލާދިން އަސްކަރިއްޔާއިން ބުނިގޮތުގައި ވައިގެ މަގުން އެތަނަށް ބަޑީގެ ހަމަލާދީފައިވަނީ އެތަނުގައި ހަތިޔާރު އެޅި ބަޔަކު ފިލައިގެންތިބެ، ހަތިޔާރު ބަދަލުކުރަމުންދާތީ އެެވެ. އަދި އެއީ ހިންގި “ސަޕްރައިޒް އިންސްޕެކްޝަނެއް” ކަމަށް ބުނެފައި ވެއެވެ.

ހަތިޔާރު އެޅި ބައެެއް ކަމަށް މިލިޓްރީން ބުނާ ބަޔަކީ، މިޔަންމާގައި އެންމެ ފަހުން ހިނގި ބަގާވާތައް ފަހު، އިންތިހާބީ ސަރުކާރު ވައްޓާލައި، އަސްކަރީ ސަރުކާރެއް ގަދަކަމުން އެތަނުގައި އުފައްދައިގެން އުޅޭތީ، ޕީޕީލްސް ޑިފެންސް ފޯސް(ޕީޑީއެފް) ނަމުގައި މިލިޓަރީ ސަރުކާރާއި ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރު އެޅި ގުރޫޕަކަށެވެ. މިޔަންމާގެ މިލިޓަރީ ސަރުކާރުން އެމީހުން ސިފަކުރަނީ “ޓެރަރިސްޓުން” ގެ ގޮތުގައެވެ.

your imageސްކޫލަށް ހަމަލާދީފައި——

މިޔަންމާ ހަމަނުޖެހުން

ނޮވެމްބަރު 2020 ގައި ބޭއްވި އާންމު އިންތިހާބުގައި  އަސްކަރީން އުފެއްދި ޕާޓީއަކާއި ވާދަކޮށް، އަންގް ސަން ސޫކީ ކާމިޔާބު ހޯދާފައިވަނިކޮށް، އިންތިހާބު އޮޅުވާލި ކަމަށް ބުނެ، އޭނާ ވަނީ މަގާމުން ދުރުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ސޫކީ މަގާމުން ދުރުކޮށް، ވެރިކަން ވައްޓާލީ، އެ އިންތިހާބުގެ ވޯޓުގައި ސޫކީގެ ޕާޓީން މަކަރާއި ހީލަތް ހަދާފައިވާކަމަށް ބުނެ އެގައުމުގައި ހިންގި އަސްކަރީ ބަގާވާތަކަށް ފަހުއެވެ. އަންސަން ސޫކީގެ ވެރިކަން ވައްޓާލުމަށް ފަހު އަސްކަރިއްޔާއިން ވަނީ ގައުމާ ހަވާލުވެފަ އެވެ.

ސޫކީގެ ވޯޓުގައި މަކަރާއި ހީލަތް ހަދާފައިވާކަމަށް ބުނެ ބަގާވަތް ކުރި ނަމަވެސް މިނިވަން އިންތިހާބުގެ އޮބްޒާވަރުން ބުނެފައިވަނީ އެ އިންތިހާބަކީ "ރައްޔިތުންގެ ފުރިހަމަ ތާއީދާއިއެކު ކުރިއަށްދިޔަ ސައްހަ އިންތިހާބެއް" ކަމަށެވެ. 

އެ އިންތިހާބަށް ތިން މަސް ފަހުން އަސްކަރިއްޔާއިން ސޫކީގެ ވެރިކަން އަތުލައިގަނެ ސޫކީ ހިމެނޭހެން ޕާޓީގެ މެމްބަރުން ހައްޔަރުކޮށް، އެކަމަނާގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ އުފުލާފައެވެ. އެ ހުރިހާ ތުހުމަތުތަކާއި ދައުވާތަކަށް އެކަމަނާ ވަނީ އިންކާރުކޮށްފައެވެ. 

ސޫކީ މިހާރު ހުންނެވީ ވެރިރަށް ނައިޕިޓާވްގެ ޖަލެއްގައި އެކަހެރިކޮށް ބަންދުކޮށްފަ އެވެ. އޭނާގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ނެވެ. އަޑުއެހުންތަކަށް އާންމުންނާއި މީޑިއާއަށް ވެސް ފުރުސަތު ނުދޭއިރު، ނޫސްވެރިންނާ ވާހަކަ ދައްކަން އެކަމަނާގެ ވަކީލުންނަށް ވެސް އަސްކަރިއްޔާއިން ވަނީ ހުރަސް އަޅާފައެވެ.

މިދިޔަ އަހަރުގެ ބަގާވާތަށްފަހު ސޫކީ އާއި ސޫކީގެ ފިރިކަލުން ހިމެނޭހެން އެކަމަނާގެ ޕާޓީގެ ގިނަ މެންބަރުން ވެސް ވަނީ ހައްޔަރުކޮށްފައެވެ. 

އެގޮތުން ހައްޔަރުކުރި 15،000 އަށް ވުރެ ގިނަ މީހުން ތެރެއިން 12،000 މީހުން އަދިވެސް ޖަލުގައި ތިބި ކަމަށް އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނަރުން (ބަރުމާ) އިން ބުނެ އެވެ.

އެގައުމުގައި ޑިމޮކްރަސީއަށް ތާއީދުކުރާ އެކްޓިވިސްޓުންނަށް އަދަބު ދިނުމާމެދު ހައްގުތަކާ ބެހޭ ޖަމާއަތްތަކުން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އދ.އާއި ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ކުށްވެރިކުރި ޝަރީއަތަކަށް ފަހު ޖުލައި މަހު އަސްކަރީ ޖަންޓާއިން ވަނީ ޑިމޮކްރަސީއަށް ތާއީދުކުރާ ފާހަގަކޮށްލެވޭ ދެ އެކްޓިވިސްޓުންނާއި ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ އިތުރު ދެ މީހަކު މަރާވެސް ލާފަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް