ads
ފަޒްލޫން- ފޮޓޯ އަދަދު
ޝައިހް ފަޒްލޫން އަލުން ބަންދުކުރުމާމެދު މާދަމާ ގޮތެއް ނިންމަނީ
ޔޯގާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި ކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ދީނީ އިލްމުވެރިޔާ، ޝައިހް ފަޒްލޫން މުހައްމަދު އަލުން ބަންދު ކުރުމާމެދު މާދަމާ ހައިކޯޓުން ގޮތެއް ނިންމަން ތތާވަލުކޮށްފިއެވެ.
Advertisement

ޝައިހް ފަޒްލޫން އަލުން ބަންދުކުރަން އެދި ޕީޖީގެ ފަރާތުން ހައިކޯޓުގައި އެދުނު މައްސަލައިގެ އަޑު އެހުންތައް ހައިކޯޓުންވަނީ މިހާރު ނިންމާލާފައެވެ. މި މައްސަލައިގައި މާދަމާ މެންދުރު އޮންނާނީ ހުކުމް ކުރުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ޔޫތު މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށްދިޔަ ވަގުތު އެ ތަނަށް ވަދެ ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށް ޝައިހް ފަޒްލޫން ހައްޔަރުކުރީ އެ މަހުގެ 22 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. އޭގެ ފަހުން ބަންދުގެ މުއްދަތު އެތައް ފަހަރެއްގެ މަތިން އިތުރު ކުރުމަށްފަހު، ޖުލައި 21 ވަނަ ދުވަހު ޝަރުތުތަކަކާއިއެކު އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ. ކްރިމިނަލް ކޯޓުން ޝަރުތުތަކަކާއެކު ފަޒްލޫން ދޫކޮށްލިނަމަވެސް ޕީޖީން ބޭނުންވަނީ ޝަރީއަތް ނިމެންދެން ފަޒްލޫން ބަންދުކުރާށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް