ads
މަޖިލިސް ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ. މިހާރު ނޫސް
ނޫސްތަކުގައި ޖަހާ ހަބަރުތައް ނަގަން މަޖިލީހަކަށް ނޭންގޭނެ: އެމްޖޭއޭ
ނޫސްތަކުގައި ޖަހާ ހަބަރުތައް ނަގަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން، ނޫސްތަކަށް ނޭންގޭނެ ކަމަށާއި، ޝުކުވާއެެއް އޮތްނަމަ މީޑިއާ ކައުންސިލަށް ހުށަހަޅުމަށް ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ, މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބުނެފި އެވެ.
Advertisement

އެމްޖޭއޭއިން މިގޮތަށް މިއަދު ބަޔާނެއް ނެރެފައިވަނީ، އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމަކީ މަޖިލީހުގެ ގަވައިދުގެ ދަށުން ސިއްރު ބައްދަލްވުމެއް ކަމަށް އަންގާފައި ވަނިކޮށް އެ ކޮމެޓީގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކާއި ހަވާލާދީ ނޫސްތަކުން ހަދާފައިވާ ހަބަރުތައް ނެގުމަށް މީޑިއާތަކަށް، މަޖިލީހުގެ އިދާރާއިން އެންގުމުން ނެވެ.

އެގޮތަށް އަންގައި، އިއްޔެ މަޖިލީހުގެ އިދާރާއިން ނެރެފައިވާ ކުރު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކޮމެޓީގެ ބައްދަލުވުން ވަގުތު ކޮޅަކަށް ލައިވް ސްޓްރީމް ކުރެވިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށެވެ.

ނޫސްތަކުން ޝާއިއުކުރި ހަބަރު ނެގުމަށް އަންގައި މަޖިލީހުން ނެރުނު ބަޔާނާއިމެދު ކަންބޮޑުވުން ފާޅުކޮށް މިއަދު އެމްޖޭއޭ އިން ނެރުނު ކުރު ނޫސްބަޔާނެއްގައި ބުނީ، ކޮމެޓީގެ ބައްދަލުވުން 50 ވަރަަކަށް މިނެޓު ވަންދެން ލައިވްކޮށްފައިވާއިރު، ހަބަރުތައް ޝާއިއުކުރުމުގެ ކުރިން އެ އޯޑިއޯއަށް ހަބަރު ނުލިޔުމަށް ކޮމެޓީން އަންގާފައި ނުވާ ކަމަށެވެ.

”އެކަން އެހެން އޮތްއިރު، ނޫސްތަކުގައި ޖެހި އެ ހަބަރުތައް ނަގަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން، ސީދާ ނޫސްތަކަށް އެންގިދާނެ ކަމަށް ގަބޫލުނުކުރަމެވެ. އޭގެ ބަދަލުގައި ނޫހެއްގެ ކޮންޓެންޓާއިމެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއް އޮތްނަމަ އެކަމެއް މީޑިއާ ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަކީ މި ޖަމިއްޔާއިން ގަބޫލުކުރާ ހަމައެވެ. “ އެމްޖޭއޭގެ ބަޔާނުގައި ވެއެވެ.

ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަކީ ސިއްރު ކޮމެޓީއެއް ކަމަށް މަޖިލީހުގެ އިދާރާއިން އެންގި ނަމަވެސް ކޮމެޓީ ފެށުމާއެކު އާއްމު އުސޫލުން މަޖިލީހުގެ ޔޫޓިއުބް ޗެނަލުން ލައިވް ކުރަން ފެށިއެވެ. 

ކޮމެޓީގެ ބައްދަލުވުމުން ބައެއް ލައިވް ކުރުމަށް ފަހު، ލައިވް މެދުކަނޑާލިއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ޕޮލިސް ބޯޑާއި ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތައް ދައްކަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް