
އެއް ޒަމާނެއްގައި އެގައުމުގެ އެންމެ ބާރުގަދަ އެއް ފުލުހުންގެ ވެރިޔާ ކަމަށްވާ ފޫގެ މައްޗަށް ސާބިތުވެފައިވަނީ 16 މިލިއަން އެމެރިކާ ޑޮލަރުގެ ރިޝްވަތު ނެގިކަމުގެ ކުށާއި، މަގާމުގެ ބޭނުންކޮށްގެން އޭނާގެ ބޭބެގެ ކުށްތައް ފޮރުވިކަމުގެ ކުށެވެ.
އަދި ގާނޫނީ ކަންކަމާއި ބެހޭ އިސް އޮފިޝަލް ވަންގް ލައިކްގެ މައްޗަށް ސާބިތުވެފައިވަނީ، 440 މިލިއަނަށް ވުރެ ގިނަ ޔުއާންގެ ރިޝްވަތު ހިފިކަމުގެ ކުށާއި، ޓްރައިއަޑްގެ ހަރަކާތްތައް ފޮރުވައި، އައިޑެންޓިޓީ ޑޮކިއުމަންޓްތައް ފޯޖްކުރުމުގެ ކުށުގެ ދައުވާ އެވެ.
މި ކުށްތައް ސާބިތުވެ، އުމުރުން 67 އަހަރުގެ ފޫ، އަދި 57 އަހަރުގެ ވަންގުގެ މައްޗަށް، އަންނަނީ މަރުގެ ހުކުމެއް ނަމަވެސް، ކުށަށް އިއުތިރާފުވެފައިވާތީ، ޕެރޯލެއް ނެތި، ދެ އަހަރަށް ފަހު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް އެ އަދަބު ލުއިކޮށްދިނުމަށް ކޯޓުން ވަނީ ނިންމާފަ އެވެ.
ކޯޓުން ބުނީ ފޫ ވަނީ ހުރިހާ ދައުވާއަކަށް އެއްބަސްވެ، އެކަމާއި ހިތާމަކުރާކަން ފާޅުކޮށް، ކޮރަޕްޝަންގެ އެހެން މައްސަލަތަކާ ގުޅޭ މައުލޫމާތު ތަހުގީގު ކުރާ ފަރާތްތަކަށް ފޯރުކޮށްދީފައި ކަމަށެވެ. އެކަމުގެ ސަބަބުން މަރުގެ ހުކުމް ޖަލު ހުކުމަކަށް ބަދަލުކޮށްދިން ނަމަވެސް "ގައުމާއި މުޖުތަމައަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ" ސަބަބުން އިތުރު ލުޔެއް ނުވަތަ ޕެރޯލް ދޫނުކުރާނެ ކަމަށް ކޯޓުުން މިއަދު ކުރި ހުކުމުގައި ވެއެވެ.
ރިޝްވަތުގެ ކުށުގައި އިތުުރު ބަޔަކަށް ހުކުމް އިއްވި
ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، ކުރީގެ ތިން ސަރަހައްދީ ފުލުހުންގެ ވެރިއެއްގެ މައްޗަށްވެސް ބުދަ ދުވަހު ޖަލު ހުކުމް ވަނީ އިއްވާފަ އެވެ.
އެ އެންމެންގެ މައްޗަށް ވެސް ތުހުމަތު ކުރެވެނީ ރައީސް ޝީ ޖިންޕިންއަށް ވަފާތެރި ނުވި ކަމުގެ ތުހުމަތެވެ.