ގަން އެއަޕޯޓު——ފޮޓޯ: ޕީއެސްއެމް
ބޮމެއް އޮތް ކަމަށް ބުނި ދެމަފިރިއަކު އައްޑޫ އެއާޕޯޓުން ހައްޔަރު ކޮށްފި
Share
ބޮމެއް އޮތްކަމަށް ބުނި އުމުރުން ދުވަސްވީ ދެމަފިރިއަކު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
Advertisement

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 58 އަހަރުގެ ދިވެހި އަންހެނަކާއި، 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ދެމަފިރިން ނެވެ.

މައުލޫމާތު ލިބޭގޮތުގައި އެހެން ބުނީ، އަންހެން މީހާއެވެ. އެގޮތުން އެމީހުން ގެންދިޔަ ފޮއްޓެއް އެއާޕޯޓުން ޗެކް ކުރަން ފެށުމުން "ތީގައި އޮތީ ބޮމެއް" ކަމަށް އަންހެން މީހާ ބުނީ، މަޖަލަކަށް ކަމަށް ވެއެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނީ، ގަން އިންޓަނޭޝަނަލް އެއަޕޯޓަށް ފުރަންގޮސް ހުރި މީހަކު ބޮމެއް އޮތްކަމަށް ބުނި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު 17:25 ގައި ކަމަށެވެ.

އެމައުލޫމާތާއި ގުޅިގެން އެމްއެންޑީއެފުން އެސަރަހައްދަށް ގޮސް އެދެމަފިރިން ގެންގުޅުނު ތަކެތި ބަލާފައިވާއިރު، އެފަދަ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މަޖަލަކަށް ބުނާވަރަށްވުރެ ބޮޑު ކުށެއް

ރާއްޖޭގައި އެންމެ ފުރަތަމަ ބޮމެއް ގޮއްވާލާފައިވަނީ 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ސަލްޓަންޕާކުގައި އައިއީޑީއެއް ގޮއްވާލައިގެން ދިން އެހަމަލާގައި އެތައް ބަޔަކަށް ނަފްސާނީ އެތައް އަސަރުތަކެއް ކުރިއިރު، އެހަމަލާގައި 12 ފަތުރުވެރިއަކަށާއި، އާންމުންގެ ތެރެއިން އެކަކު ޒަހަމްވިއެވެ. އެއީ ރާއްޖޭގެ ތާރީހުގައިވެސް ދެވުނު އެފަދަ ފުރަތަމަ ހަމަލާ އެވެ.

އޭގެފަހުން ދެވަނަ ބޮމެއް ގޮއްވާލީ، 2015 ވަނަ އަހަރު، ހަމަ ސެޕްޓެމްބަރު މަސްތެރެއެވެ. އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މާލެ ވަޑައިގެންނެވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައެވެ. މިހަމަލާގައި ރައީސް ޔާމީންގެ އަނބިކަނބަލުން ވަރަށް ބޮޑަށް ޒަހަމްވެ އެެޑުމިޓުކުރަން ޖެހުނެވެ.

އޭގެފަހުން 2021 ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ހަނދާންތައް އަދި އޮތީ ވަރަށް ތާޒާކޮށެވެ.

އެ ހަމަލާގައި ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުންދިޔަ ސިފައިންގެ ބޭފުޅުންނަށާއި، ރައީސް ނަޝީދަށް ބޮޑެތި އަދި އިއާދަނުކުރެވޭ ޒަހަމުތަކެއް ލިބުނެއެވެ. އެތައް ސާޖަރީތަކެއް ހައްދަވައި ފުރާނަފުޅު ސަލާމަތްވީ ކިރިޔާ އެވެ.

އޭގެ ފަހުންވެސް ބޮމެއް ގޮވާލާނެ ކަމުގެ އިންޒާރުތަކާއި، ތަނެއްގައި ބޮމެއް އޮތްކަމަށް ބުނެ އެކި ފަހަރުމަތިން ބިރު ދެއްކުމުގެ ގޮތުން ނަމަވެސް މިފަދަ އިންޒާރުތައް ދީފައި އެބަހުއްޓެވެ. 

އެގޮތުން:

  • 2021 ވަނަ އަހަރުގެ ޖުލައި މަސްތެރޭ، ސުޕްރީމްކޯޓު ކައިރިން ރިމޯޓު ކާރެއް ފެނިގެން އެމްއެންޑީއެފްގެ ބޮން ސްކޮޑުން ހަރަކާތްތެރިވެފައިވޭ
  • 2021 ވަނަ އަހަރުގެ ޖުލައި މަސްތެރޭ، މުލިއާގެ ކައިރިން ދިޔަ ދެމީހުން ބޮމެއް ކަމަށް ބުނެ ފޮށިގަނޑެއް ބަހައްޓައި ސަލާމަތީ ބާރުތަކުން އެލާޓުކޮށްފައިވޭ
  • 2021 ވަނަ އަހަރު ސެޕްޓެމްބަރު މަސްތެރޭ ނޫރު މިސްކިތުގެ ތަނބެއްގައި ރާއްޖޭގައި ބޮމެއް ގޮއްވާލާނެކަމުގެ އިންޒާރު ދީ ލިޔުމެއް ހިތްޕާފައިވޭ 

އަދި މިނޫނަސް މިފަދަ އެތައް ހާދިސާތަކެއް ހިގާފައިވެއެވެ. ސަމާސާއަކަށް ނަމަވެސް ބޮމެއް އޮތްކަމަށް ބުނުމާއި، ބޮމެއް ގޮއްވާލާނެ ކަމަށް ބުނުމަކީވެސް ގާނޫނުގައި ކުށެކެވެ. 

މިފަދަ ކޮންމެ ބުނުމަކީ ނުވަތަ މައުލޫމާތަކީ ގައުމީ ސަލާމަތައްޓަކައި ސިފައިންގެ ބޮން ސްކޮޑުން ވަގުތުން އެޓެންޑުވެ، ސީރިއަސް ކަމެއްގެ ގޮތުގައި ބަލާނެ ކަންކަމެވެ.

55%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް