އިބްރާހީމް ހުސެއިން ޒަކީ
ޒަކީގެ ހައްގު ގެއްލިގެން އިމިގްރޭޝަނަކަށް ކޯޓަކަށް ނުދެވޭނެ
Share
ކުރީގެ ސްޕެޝަލް އެންވޯއީ އަދި ކުރީގެ ޕްލޭނިން މިނިސްޓަރު އިބްރާހިމް ހުސައިން ޒަކީ ހައްގެއް ގެއްލިގެން، އެ ހައްގު ހޯދައިދިނުމަށް ކޯޓަށް ހުށަހެޅުމަކީ އިމިގްރޭޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
Advertisement

ހައިކޯޓުން ބުރާސްފަތި ދުވަހު މި ގޮތަށް ކަނޑައެޅީ، ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިމިގްރޭޝަންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ. ސާބިތު ދަރަނީގެ މައްސަލައެއްގައި އިބްރާހިމް ހުސެއިން ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރީ 2020 ވަނަ އަހަރުއެވެ. އެއާއި އެކު އެ މައްސަލަ ހިފައިންގެ ހައިކޯޓަށް އައީ ދައުލަތުންނެވެ.

ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ގާނޫނާ ހިލާފަށް އަމުރު ނެރެ ސިވިލް ކޯޓުން ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރީކަމަށް ބުނެއެވެ. އެހެންނަމަވެސް ހައި ކޯޓުން ނިންމީ ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން އަމުރު ނެރުމުން އެކަމުން ދައުލަތަށް ގެއްލިގެން ދަނީ ކޮން ހައްގެއްކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރަން ޖެހޭނީ ޒަކީ ކަމަށް ހައިކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުންޏެވެ.

68%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް