ads
ޔޮހާނީ
ސްރީލަންކާގެ ޓުއަރިޒަމް ޕްރޮމޯޓުކުރަން ޔޮހާނީ
ސްރީލަންކާގެ އަރިއަޅާލާފައިވާ ފަތުރުވެރިކަމުގެ ސިނާއަތު އަލުން ކޮޅަށް ނެގުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގައި އެގައުމުގެ މަޝްހޫރު ލަވަ ކިއުންތެރިޔާ ޔޮހާނީ ޑި ސިލްވާގެ އިތުރުން، އެގައުމުގެ ކުރީގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިއާ ވެސް ބައިވެރިވާނެ އެވެ.

ކުޑަދުވަސްކޮޅެއްގެ ތެރޭގައި މުޅި އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގަައި ބޮޑު މަޝްހޫރުކަމެއް ހޯދި ޔޮހާނީ އަކީ ޔޫޓިއުބަރުންގެ ތެރެއިން ސްރިލަންކާގައި އެންމެ ފުރަތަމަ ތިން މިލިއަން ސަބްސްކްރައިބާ ހަމަވި މީހާ އެވެ.

އޭނާގެ މަނިކޭ މަގޭ ހިތޭ އަށް ލިބުނު ބޮޑު ކާމިޔާބީ އާއިއެކު މިހާރު ވަނީ އޭގެ ހިންދީ ވާޝަން އެއްވެސް ރިލީޒްވެފައެވެ. އޭނާއަކީ ހާއްސަކޮށް އިންޑިއާގައި ބޮޑު ފޭން ބޭސްއެއް އޮންނަ ތަރިއަކަށް ވާއިރު، ލަންކާގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އޭނާ ބައިވެރިވާ ހަރަކާތްތައް ކުރިއަށްދަނީ އިންޑިއާ އާއި ގުޅިގެން ނެވެ.

ސްރީލަންކާގެ ޓްއަރިޒަމް ފުޅާކުރުމުގެ ޕްރޯމޯޝަންތެރޭ، މިމަހުގެ 26 ވަނަ ދުވަހުން 30 ވަނަ ދުވަހާއި ހަމަޔަށް ކުރިއަށް ގެންދާ ރޯޑް ޝޯގައި އޭނާ އާއި، ސަނަތު ޖަޔަސޫރިއާ ބައިވެރިވާނެ އެވެ.

your imageޔޮހާނީ، އަދި ކުރީގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިއާ  

ސީރީޒްތަކެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ރޯޑް ޝޯގެ ފުރަތަމަ ރޯޑްޝޯ އޮންނާނީ މިމަހުގެ 26  ވަނަ ދުވަހު، ނިއުދިއްލީގެ ތާޖް ޕެލަސް ހޮޓަލުގައެވެ. އޭގެ ފަހުން 28 ވަނަ ދުވަހު މުމްބާއީގެ ސެއިންޓް ރެޖިސް ހޮޓަލުގައި މި ޝޯތައް ހޯސްޓުކުރާނެއެވެ. އަދި 30 ވަނަ ދުވަހު، ތާޖް ކްރިޝްނާ ހޮޓަލުގައި ބާއްވާ ހައިދަރުއާބާދު ރޯޑްޝޯއާއެކު އެ ޝޯތައް ނިންމާލާނެ އެވެ. 

މި އިވެންޓްތައް އިތުރަށް ޝައުގުވެރިކުރުމަށް، ކޮންމެ އިވެންޓެއްގައި ވެސް ނެށުމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭނެ ކަމަށް އެގައުމުގެ ހަބަރުތައް ބުނެ އެވެ. 

އަދި ޔޯހާނީގެ މިއުޒިކަލް ޕާފޯމަންސްތަކެއްވެސް އޮންނާނެ އެވެ. 

މި ރޯޑްޝޯތައް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ޝައުގުވެރިވާ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ލަންކާ ޕްރޮމޯޓްކުރުމެވެ. 

ފަތުރުވެރިކަމަކީ، ލަންކާގެ އިގްސޯދަށް ފައިސާ ވަންނަ އެންމެ މުހިންމު އެއް މާކެޓްތަކުގެ ތެރެއިން އެއް މާކެޓެވެ. ސްރީލަންކާގެ އިގްސޯދީ ބޮޑު ހީނަރުކަމަކަށް ގޮސްފައި ވަނީ ވެސް ކޮވިޑް-19ގެ ސަބަބުން ދިމާވި އިޤްތިސާދީ ހީނަރުކަމާއި ގުޅިގެން ފަތުރުވެރިކަން މެދުކެނޑުމާއި އެކުއެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް