ނާޒިމް މިހެން ވިދާޅުވީ ރާއްޖެޓީވީގެ މޯނިންގ ޝޯވ، "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މޯލްޑިވްސް ނޭޝަނަލް ޕާޓީ- އެމްއެންޕީގެ ލީޑަރުގެ މަގާމުވެސް އަދާކުރައްވާ ކާނަލް ނާޒިމް ވިދާޅުވީ ދެން ހަވާލުވާން އޮތް މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމް ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނާޒިމްވަނީ ނިންމަވާފައެވެ. ނާޒިމް ނިސްބަތްވެވަޑައިގަންނަވާ އެމްއެންޕީގެ ކެންޑީޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް މަސައްކަތް ކުރައްވަމުންދާއިރު، ނާޒިމްގެ ކޮއްކޮ އާދަމް އާޒިމްވަނީ އަންނަ ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ކަމަށް ޕަބްލިކުގައި ވިދާޅުވެފައެވެ.