
އެމްްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ، ރޭ ދަންވަރު 01:12 ހާއިރު ކަމަށާއި، ރިޕޯޓު ލިބުމާއެކު ނޮދަން އޭރިއާ ކޮމާންޑްގެ ޅ.ނައިފަރު ފަޔަ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފަ ކަމަށެވެ.
އަލިފާންގަނޑު ނިއްވާލެެވުނީ 4 ގަޑިއިރުން
ނައިފަރު ފަޔަ ސްޓޭޝަންގެ ފަޔަމަނުންނަށް އެ ރިސޯޓަށް ދެވުނީ ރޭ ދަންވަރު 02:46 ހާއިރު އެވެ. އޭރު ރިސޯޓްގެ ފަޔަ ސްކޮޑުން ވަނީ އެ ހާދިސާގެ 90 އިންސައްތަ ކޮންޓްރޯލްކޮށްފަ އެވެ.
ނަމަވެސް ރިސޯޓްގެ ފަޔަ ސްކޮޑާއި ނައިފަރު ފަޔަ ސްޓޭޝަންގެ ފަޔަމަނުން ގުޅިގެން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ހަަތަރުގަޑިއިރުން ރޭ ފަތިހު 04:05 ހާއިރު އެވެ.
މުޅި އިމާރާތްވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން ބާ ހުންނަ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.