ads
ނައިބު ރައީސް ފައިސަލް ނަސީމް
ހެދިފައިވާ ގަވައިދުތަކަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމް ކުރަން ޖެހޭ: ނައިބު ރައީސް
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމް ކުރަން ޖެހޭ ކަމަށް، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅު ވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހަވ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު "ހިލާލީގެ" ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްއާއި ގުޅިގެންނެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 16:50 ހާއިރު އެވެ. 

މި އެކްސިޑެންޓް ހިނގާފައިވަނީ، އޯކިޑްމަގުން ބާރަށް ދުއްވާފައި އައި ސައިކަލެއް، އެމަގުން ހިނގާފައި ދިޔަ އުމުރުން ދުވަސްވީ ދެމަފިރިއެއްގެ ގައިގައި ޖެހިގެންނެވެ. 

އެ ދެމަފިރިން ގައިގައި ސައިކަލުން ޖެހުނު އިރު އެ ދެމަފިރިން ހިނގާފައި ދިޔައީ ހިލާލީގެ ކައިރީ ހުންނަ ޒިބްރާ ކްރޮސް މަތިންނެވެ. 

މި އެކްސިޑެންޓް ހިނގި ތަނަށް ނައިބު ރައީސް ފައިސަލް ވަނީ ވަޑައިގެންފަ އެވެ. އަދި އެކްސިޑެންޓް ގައި ސައިކަލް ދުއްވަން އިން ފަރާތަަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރި ވެފަ އެވެ. 

މީގެ އިތުރުން އެމަނިކުފާނު ވަނީ މަގުމަތީގައި ދުއްވާ އިރު، ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ، މަގު ބޭނުން ކުރާ އެހެން ފަރާތްތަކަށް ސަމާލުކަން ދިނުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

"މަގު ބޭނުން ކުރާ ހުރިހާ ފަރާތްތަކުން ވެސް ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކަށް ތަބާވާންޖެހޭ. ދުއްވާ ފަރާތްތަކުން ވެސް އަދި ހިނގާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުކަން ދޭންޖެހޭ." ނައިބު ރައީސް ވިދާޅުވި އެވެ.

މިއަދު ހިނގި އެކްސިޑެންޓުގައި ސައިކަލުން ޖެހުމުން، އަންހެން މީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފަ އެވެ. އެ އަންހެން މީހާ އަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް