މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 16:50 ހާއިރު އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ، އޯކިޑްމަގުން ބާރަށް ދުއްވާފައި އައި ސައިކަލެއް، އެމަގުން ހިނގާފައި ދިޔަ އުމުރުން ދުވަސްވީ ދެމަފިރިއެއްގެ ގައިގައި ޖެހިގެންނެވެ. އެ ދެމަފިރިން ގައިގައި ސައިކަލުން ޖެހުނު އިރު އެ ދެމަފިރިން ހިނގާފައި ދިޔައީ ހިލާލީގެ ކައިރީ ހުންނަ ޒިބްރާ ކްރޮސް މަތިންނެވެ.
މިއަދު ހިނގި އެކްސިޑެންޓުގައި ސައިކަލުން ޖެހުމުން، އަންހެން މީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފަ އެވެ. އެ އަންހެން މީހާ އަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
މިކަމާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.