ads
ރަޔަން އަދި އޭނާގެ މަންމަ
މަންމަ މަރާލުމަށްފަހު، ވީޑިއޯކުރި އެކްޓަރަކު އުމުރަށް ޖަލަށްލާން ހުކުމް ކޮށްފި
އޭނާ ވަނީ ކެނެޑާގެ ބޮޑުވަޒީރު މަރާލަންވެސް ރާވާފައި
ކިޔެވި ޔުނިވާސިޓީއަށް ވަދެ ބޮޑު ގަތުލު އާންމެއްވެސް ހިންގަން ވިސްނި
އެންމެ ކުޑައިރުންސުރެ މަސައްކަތްކުރަމުން އައީ ކްރައިމް ދައްކުވައިދޭ ފިލްމުތަކުގައި
މަންމަ މަރާލުމަށްފަހު، ވީޑިއޯކޮށް އެކަން އާއްމުކުރި ކެނެޑާގެ ޒުވާން އެކްޓަރު ރަޔަން ގްރަންތަމް ގެ މައްޗަށް ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
Advertisement

ބޮޑެތި ކުށްތަކާއި، ކުށްވެރިންގެ ބިރުވެރި އަމަލުތައް ދައްކުވައިދޭ ކްރައިމް ޑްރާމާއެއް ކަމަށްވާ ”ރިވާ ޑޭލް“ ގައިވެސް މަސައްކަތް ކޮށްފައިވާ ރަޔަންގެ މައްޗަށް ކުރި ދެ ދައުވާ ވެސް ވަނީ ސާބިތުވެފައެވެ.

މިދިޔަ ބުދަ ދުވަހު ރަޔަންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ ފުރަތަމަ ދަރަޖައިގެ އަދި ދެވަނަ ދަރަޖައިގެ މަރުގެ ދައުވާ ވެސް ސާބިތުވުމުން ނެވެ.

މަންމަގެ ބޮލަށް ބަޑިޖަހައި މަރާލުމުގެ އިތުރުން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މަރާލަން ރޭވިކަމަށްވެސް އޭނާގެ ދައުވާގައި ވެއެވެ.

އުމުރުން 24 އަހަރުގެ ރަޔާން ވަނީ، ގޭގައި ޕިއޯނޯ ކުޅެން އިން އޭނާގެ މަންމަގެ ބޮލަށް ފަހަތުން ބަޑިޖަހައި މަރާލިކަމަށް އެއްބަސްވެފައެވެ. 

މަންމަ މަރާލުމަށްފަހު އޭނާ ވަނީ މަރުވެފައިވާ އޭނާގެ މަންމަގެ ހަށިގަނޑު ވީޑިއޯކޮށް އާއްމުކޮށްފައެވެ. ވީޑިއޯގައި ބުނެފައިވަނީ، “އަހަރެން އަހަރެންގެ މަންމަގެ ބޮލަށް ބަޑިޖަހައި މަރާލައިފިން. ބަޑިޖެހުމާއިއެކު އެކަން ކުރީ އަހަރެން ކަން މަންމައަށް އެގޭނެ” މިހެންނެވެ.

މަންމަ މަރާލުމަށްފަހު އޭނާ ވަނީ، އެތައް ގަޑިއިރުތަކެއް ވަންދެން މަރުޖުއާނާ އާއި ރާ ބުއިމުގައި ހޭދަކުރުމަށްފަހު، ކޭމްޕުކުރަން ބޭނުންކުރާ ސާމާނުތަކާއިއެކު އޭނާގެ ކާރަށް އަރައިގެން ބޮޑުވަޒީރު ޓްރޫޑޯގެ ގެކޮޅާއި ދިމާލަށް މިސްރާބު ޖަހާފައެވެ. 

ތިން ބަޑިވެސް ހިފައިގެން، ބޮޑުވަޒީރު ޓްރޫޑޯ މަރާލުމުގެ ތައްޔާރީތަކާއިއެކު 200 ކިލޯމީޓަރަށް ކާރު ދުއްވުމަށްފަހު އޭނާ ވަނީ، އަބުރާލައި، ފުލުހުންގެ އިދާރާއަށް ގޮސް މަންމަ މަރާލިކަމަށް އެއްބަސްވެފައެވެ.

ކޯޓުން އިއްވި ހުކުމުގައި ވާގޮތުން ފުލުހުންނާއި އޭނާ އަމިއްލައަށް ހަވާލުކުރުމުގެ ކުރިން އޭނާ ވަނީ، އޭނާ ދަރިވަރުވި ޔުނިވާސިޓީއެއް ކަމަށްވާ ވެންކޯވަރުގެ ލަޔަންސް ގޭޓް ބްރިޖް/ސައިމަން ފްރޭސަ ޔުނިވާސިޓީއަށް ވަދެ ބަޑީގެ ހަމަލާތަކެއްދީ، ބޮޑު ގަތުލުއާންމެއް ހިންގަން ވެސް ވިސްނާފައެވެ. އޭނާގެ ހިޔާލު ބަދަލުވި ގޮތެއް ސާފެއް ނުވެއެވެ. 

ޝަރީއަތްކުރިއަށް ދިޔައިރު އަޑުއެހުންތަކުގައި އޭނާ ގެ ލޯޔަރުން މީގެ ކުރިން ބުނެފައިވާގޮތުގައި އޭނާ ދިޔައީ އެންޒައިޓީ އާއި ކްލިނިކަލް ޑިޕްރެޝަންވެސް ތަހަންމަލް ކުރަމުންނެވެ.

އެކަމުގެ ސަބަބުން އަމިއްލަ އަށް މަރުވާން ބޭނުންވުމުގެ އިތުރުން އެހެން މީހުން މަރާލުމަށް އޭނާގެ ހިތުގައި ޝަައުގުވެރިކަން އުފެދިފައިވާކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ. 

ދެހާސް ދިހަވަނަ އަހަރު އުމުރުން 12 އަހަރުގައި ވިމްޕީ ކިޑް އިން އެކްޓުކުރުމުގެ ދާއިރާއަށް، ނިކުން ރަޔަން ވަނީ ގިނަ ސުޕަނެޗުރަލް އަދި ކްރައިމް ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ.

އެގޮތުން ފެންޓަސީ ޑްރާމާ “”ސުޕަނެޗުރަލްގެ“ އިތުރުން، ”އައިޒޮމްބީ، ”ވޭ އޮފް ދަ ވިކްޑް، ފަދަ މޫވީތަކުގައި އޭނާ މަސައްކަތްކޮށްފައިވެއެވެ.

17%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް