ads
ދިވެހި ގައުމީ އަންހެން ބާސްކެޓް ޓީމު
ސާބާ ޗެމްޕިއަންޝިޕް: އަންހެން ބާސްކެޓް މުބާރާތް މިރޭ ފެށޭނެ
ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން- ސާބާގެ އަންހެން ބާސްކެޓްބޯޅަ މުބާރާތުގެ ކުޅުން މާލޭގައި މިއަދު ފެށޭނެއެވެ.

މި މުބާރާތުގައި ދިވެހި އަންހެން ގައުމީ ބާސްކެޓް ޓީމާއެކު ޖުމްލަ 4 ޓީމަކުން ވާދަކުރާނެއެވެ. އެއީ ރާއްޖެއާ، ލަންކާއާ ބޫޓާން އަދި ނޭޕާލެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މާދަމާ ކުޅޭނީ ލަންކާއާ ބޫޓާނެވެ.

ރާއްޖޭގެ ދެވަނަ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ކުޅޭނީ ބޫޓާނާ ދެކޮޅަށެވެ. ފަހު މެޗު އޮންނާނީ ބުރާސްފަތި ދުވަހުއެވެ. އިންޑިޔާއާ ބަންގްލަދޭޝްވެސް މުބާރާތުގައި ބައިވެރިވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އެ ދެ ޓީމު ފަހު ވަގުތު މުބާރާތުގައި ބައިވެރި ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް