އަމިއްލަ ދަނޑުގައި ޔުނައިޓެޑު އާދިއްތަ ދުވަހުގެ ރޭ ބަލިވީ ތިން ލަނޑު ސުން ލަނޑުންނެވެ. ޔުނައިޓެޑުވަނީ މިދިޔަ ސީޒަނުގައި ވެސް ބޯންމައުތު އަތުން ހަމަ މި ނަތީޖާއިން ބަލިވެފައެވެ.
މިއީ ޔުނައިޓެޑްގެ ތާރީހުގައި އެ ޓީމު އަމިއްލަ ދަނޑުގައި، ބޯންމައުތު އަތުން ބަލިވި ދެ ވަނަ ފަހަރެވެ.
ލީގުގައި ކުޅުނު 17 މެޗުން ލިބުނު 22 ޕޮއިންޓާ އެކު، ޔުނައިޓެޑް އޮތީ ލީގުގެ 13 ވަނައިގަ އެވެ. މިއީ، ސީޒަނުގެ ފުރަތަމަ ބައި ނިމޭއިރު، ޔުނައިޓެޑުން މިހާ ދަށް ހިސާބެއްގައި އޮންނަ ފުރަތަމަ ފަހަރެވެ.