އެންޑީއެމްއޭ އިން ބުނީ މި މައުރަޒުގައި 2004 ވަނަ އަހަރު ދިމާވި ސުނާމީ ކާރިސާއަށް ފަހު ރާއްޖެ އަލުން އާރާސްތުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ މަންޒަރުތައް ދައްކުވައިދޭނެ ކަމަށެވެ. އަދި ކާރިސާތަކަށް ވިލުންތެރި ގައުމަކަށް ރާއްޖެ ހެދުމަށް އެންމެން ގުޅިގެން ކުރި މަސައްކަތްތައް ވެސް މި މައުރަޒުން ފެންނާނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދިނެވެ.
މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ލައިވް އާޓް އަދި "ޕްރިޕެއަރ ފޯ ޓުމޯރޯ" ގެ ނަމުގައި ހާއްސަ ސެގްމެންޓެއް ކުރިއަށް ގެންދާނެ ކަމަށް އެންޑީއެމްއޭ އިން ބުނެފައި ވެއެވެ. މި މައުރަޒު އާންމުންނަށް ހުޅުވާލެވޭނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެންނެވެ.