ads
އާމްނާ---
ފަޔަށް އަނިޔާވެ އާމްނާ ކަސޯޓީގެ ޝޫޓިންނަށް ފޮރޮޅުލީގޮނޑިގައި
ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ގައި ކޮމޯލިކާގެ ރޯލުން ފެނިގެންދާ އާމްނާ ޝަރީފް، އެޝޯގެ ޝޫޓިން ދާދި ފަހުން ގޮސްފައިވަނީ ފްރޮޅުލީ ގޮނޑީގައެވެ.
ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ"ގައި ކޮމޯލިކާގެ ރޯލުން ފެނިގެންދާ އާމްނާ ޝަރީފް، އެޝޯގެ ޝޫޓިން ދާދި ފަހުން ގޮސްފައި މިވަނީ ފްރޮޅުލީ ގޮނޑީގަ އެވެ.

އާމްނާ ބުނީ ތަނަކުން ވެއްޓުމާ ގުޅިގެން އޭނާގެ ފައިގެ ކުޑަހުޅަށް ތަދެއް އަރާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ޝޫޓިން އަށް ބުރުލެއް އަރާފައި ނުވާ ކަމަށްވެސް އާމްނާ ވަނީ ބުނެފަ އެވެ.


އޭކް ވިލެން ފަދަ ފިލްމުތަކުން ފެނުނު އާމްނާ ވަނީ، އެކްތާ 2003 ވަނަ އަހަރު ޕްރޮޑިއުސްކުރި ކާމިޔާބު ޝޯއެއް ކަމަށްވާ ކަހީން ތޯ ހޯގާއިން ވެސް ފެނިފަ އެވެ.

އާމްނާ ގިނަ ބަޔަކަށް އެނގިގެން ދިޔައީ ވެސް އެޝޯގެ ސަބަބުންނެވެ. އޭނާ އެޝޯއިން ފެނިގެން ދިޔައީ ކަޝިޝްގެ ރޯލުންނެވެ.

ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު އެޝޯގައި ކޮމޯލިކާގެ ރޯލުން ފެނުނީ އުރްވަޝީ ދޮލާކިއާ އެވެ.

ކަސޯޓީގެ ދެވަނަ ބައިގައި ފުރަތަމަ އެ ރޯލުން ހީނާ ހާން ފެނިގެންދިޔަ ނަމަވެސް ވަކި ހިސާބަކުން އެނާ ވަނީ ޝޯ ދޫކޮށްލާފަ އެވެ.

އާމްނާ ޝަރީފް ނުވަތަ ކަޝިސް ވަނީ މީގެކުރިން ރާއްޖެ އައިސް ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި އެކު ލަވައެއް ކުޅެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް