ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅު މާދަމާ ފަށްޓަވާނެ ކަމުގައި ސްޕޯކްސް ޕަރސަން ހާމަކުރައްވައިފިއެވެ.

Advertisement
މާދަމާ އެމަނިކުފާނު ފައްޓަވައި މި ދަތުރުފުޅުގައި ބޮޑުތިލަދުންމަތީގެ 4 ރަށަކަށް ދިޔުމަށް ހަމަޖެހިފައިވެއެވެ.
މި ހަތަރު ރަށުގެ ތެރޭގައި ހިމެނެނީ، ހދ. ފިނޭ، ހދ. ނައިވާދޫ، ހއ. އުތީމު އަދި ހއ. ދިއްދޫ އެވެ.
- ރައީސް އޮފީހުގެ ސްޕޯކްސް ޕަރސަން މިއުވާން މުޙައްމަދު ހާމަކޮށްފައިވާ ގޮތުގައި މިދަތުރުން ބޮޑު ތިލަދުންމައްޗަށް މި ސަރުކާރުން ގެންނަ ބޮޑު ބަދަލާ އެކު، ޖަޒީރާ ވިއަވަތި ރާއްޖެއަކަށް ވާސިލްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ފުރިހަމަ މަންޒަރު މި ރަށްތަކުން ފެނިގެންދާނެ ކަމަށެވެ.