ރައީސް މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ރައީސް ސޯލިހް ވިދާޅުވެފައިވަނީ، ރާއްޖޭގެ އަތޮޅުތަކުގައި ބޭނުންކުރަމުން އަންނަ ދިވެހި ބަހުގެ އެކި ބަހުރުވަތައް ދިރިއުޅުމުގެ އެންމެހާކަމެއްގައި ބޭނުންކުރުމަށް ތަރުހީބު ދިނުމަކީ ދިވެހި ބަސް މުއްސަނދިވެ އިތުރަށް ދިރުން ލިބޭނެ ކަމެެއް ކަމަށެވެ.
ރައީސް ސޯލިހް ވަނީ މާދަރީ ބަހުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް ފޮނުވާފައެވެ.
ފެބްރުއަރީ މަހުގެ 21 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ބައިނަލްއަޤްވާމީ ގޮތެއްގައި ފާހަގަ ކުރަމުން އަންނަ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައެވެ.