ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ މި މަސައްކަތް ހަވާލު ކުރީ މިއަދުއެވެ. މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފްއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރޮޖެކްޓްގެ ދަށުން ހިޔާ ސަރަހައްދުގައި ހިޔާ ޕާކް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ގާޑަން އޭރިއާ، އެލެވޭޓެޑް ޕާތްވޭ އަދި ޕްލާޒާ ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބީޗް ބުލެވާޑްގެ މަސައްކަތުގެ ތެރޭގައި ޕާތްވޭސް، ރޭމްޕް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އެޗްޑީސީން، އާރު ޑީސީއާ މި މި މަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރުދުވަހުގެ ތެރޭގައި ނިންމުމަށެވެ.