ads
އިމްރާން އަދި މެންބަރު ވަހީދު
އިހުމާލެއް އޮތްތޯ ނެތްތޯ ނިންމާނީ މިނިސްޓަރެއް ނޫން
ޖަލުގައި މީހަކު މަރުވި ހާދިސާގައި ކަރެކްޝަންސްގެ އިހުމާލެއް އޮތްތޯ ނުވަތަ ނޫންތޯ ނިންމަވާނީ މިނިސްޓަރު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މެންބަރު ވަހީދު މިހެން ވިދާޅުވީ، ޖަލުގައި މި މަހުގެ ތެރޭގައި މީހަކު މަރުވި މައްސަލައިގައި ކަރެކްޝަންސްގެ އިހުމާލެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲއާ ހަވާލާދީ މީޑިއާގައި އޮތް ހަބަރެއް ކޯޓު ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

މެންބަރު ވަހީދުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ އިހުމާލެއް އޮތްކަން ނުވަތަ ނެތްކަން ނިންމާނީ މިނިސްޓަރެއް ނޫން. އެކަން ނިންމަންޖެހޭނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ތަހުގީގަކުން ކަމަށެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި، މި މަހުގެ 15 ދުވަހު މާފުށީ ޖަލުގައި މީހަކު މަރުވި މައްސަލައާ ގުޅިގެން އޮންލައިން ނޫސް "އަދަދު" އާ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އެ ހާދިސާގައި ކަރެކްޝަންސްގެ އިހުމާލެއް ނެތް ކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަލުގައި މި މަހުގެ 15 ދުވަހުގެ ހަވީރު މަރުވީ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ މ. މުލީ, ހުދުފިނިފެންމާގޭ މުހައްމަދު ނަޝީދު އެވެ. ނަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް