ads
ރައީސް ސޯލިހު: ފޮޓީ--ރައީސް އޮފީސް
ރައީސް ސޯލިހުގެ ދަތުރުގެ ދެވަނަ މަންޒިލަކަށް ފިނޭ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. ފިނޭއަށް ވަޑައިގެންފި އެވެ.

އެމަނިކުފާނު ފިނޭއަށް ވަޑައިގެންފައި މިވަނީ، އެމަނިކުފާނު މިހާރު ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ދެ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. 

އެމަނިކުފާނު މިއަދު ވަނީ މި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނައިވާދޫއަށް ވަޑައިގެން އެރަށުގައި ތަރައްގީ ކުރެވުނު ފެނުގެ ނިޒާމް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފަ އެވެ. 

އެމަނިކުފާނުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ފިނޭއަށް ވަޑައިގެންފައި ވާއިރު، ފިނޭގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންފަ އެވެ. 

މި ދަތުރުފުޅުގައި ފިނޭގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމާއި، ފިނޭގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތިރުން ރަށު ކައުންސިލްއާއި ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި އެކު ބައްދަލުވުން ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

ރައީސް ގެ މި ދަތުރުފުޅުގައި ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ. އެމަނިކުފާނާއި އެކު ސަރުކާރުގެ ވުޒާރާތަކުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރު ކުންފުނި ތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް