ފުލުހުން ބުނީ ރޭ 23:50 ހާއިރު ނޭކުރެންދޫގައި ބަޔަކު 60 އަހަރުގެ ދިވެހި ފިރިހަނަކާ މެދު މާރާމާރީ ހިންގައި އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އެ މައުލޫމާތާއެކު ފުލުހުން ވަނީ ޒަހަމްވި މީހާ ނޭކުރެންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައި ކަމަށާއި އަދި އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާގެ ޓެސްޓްތައް ހަދަން ފަހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގެވުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިހާރު އިތުރު ފަރުވާއަށް އެމީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 29 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.