ads
މިނިސްޓަރު އިމްރާން މިއަދުގެ ގައުމީ ޖަލްސާގައި
މީހުން މީހުނަށް ވަނީ މީހުނަށް ހެދީމައި: މިނިސްޓަރު އިމްރާން
ގައުމެއް ކުރިއަރައި ތަރައްގީ ވާނީ، އެގައުމެއްގެ ދަރިން ބިނާކޮށް، ތަރުބިއްޔަތުކޮށް، މީހުން މީހުނަށް ހަދައިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި އޮތް ގައުމީ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ދިވެހި ގައުމުގެ މިނިވަންކަން ހޯދައިދިން ބަތަލު ބޮޑުތަކުރުފާނު ގެންގުޅުއްވި ފަލްސަފާއަކީ، ”މީހުން މީހުނަށް ވަނީ މީހުނަށް ހެދީމައެވެ.“ މި ފްލަސާފަ ކަމަށެވެ.

އެއީ އެންމެ ކާމިޔާބު އަދި ނަމޫނާ އެއް ފަލްސަފާ ކަން މިއަދު ގަބޫލުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”އާދެ ދުވާފަރު ދަންޑަހިލުގެ ވާހަކައަށް އަޅުގަނޑު މި އިޝާރާތްކުރީ. ވަރަށް ކުޑަކުޑަ މަދު ބޭފުޅުންކޮޅެއް ނިކުމެ، ނެރެއްވައިގެން އެބޭފުޅުން ބިނާކުރައްވާ ތަރުބިއްޔަތު ކުރައްވާ، އެބޭފުޅުންނަށް ހިތްވަރާއި އަޒުމުދެެއްވައި ނިކުމެވަޑައިގެން ފަސް އަހަރަށްވުރެ ގިނަ ދުވަހު، އަނގަމަތީ މަސްދޯންޏެއްގައި ރެޔާއި ދުވާލު، ވާރެއާއި ވިއްސާރާގައި އެ ކުޑަ ޖަމާއަތް ގޮވައިގެން ހޭދަކުރައްވައި، ރަށްރަށަށް ކޮންމެ ރެއަކު އަރުއްވައި ޕޯޗުގީޒުން މަރުއްވައި، އެމީހުންގެ ވަކިތައް ނޮޅުއްވައި ބަލިކުރައްވައި، ރާވެރިންނަށް އިސްކަން ދެއްވައި ބަލިކަށި މީހުންނަށް އިސްކަން ދެއްވައި ރަށްރަށް ފަތަހަކުރައްވަމުން ރާއްޖެ އިސްލާމުކޮށްދެއްވައި، މުޅި ރާއްޖޭގައި އަދުލުވެރި އިންސާފުވެރި ވެރިކަމެއް ގާއިމުކޮށްދެއްވައި، ރާއްޖޭގެ ރައްޔިތުންނަށް އުގަންނައި ދެއްވައި، ދަސްކޮށްދެއްވައި، ތަރުބިއްޔަތުކޮށްދެއްވައި ރާއްޖޭގައި ގައުމިއްޔަތެއް ބިނާކޮށްދެއްވީ.“ މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ މި ޖީލު މިއޮތީ ގައުމު އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމުގެ ބޮޑު ޒިންމާއާއިއެކު ކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ، އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވައި މަސައްކަތައް ޝުކުރު އަދާކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް