ads
އުލޫމިއްޔާ ޕްރީ ސްކޫލް: ބޯހިމެނުމުގެ މަސައްކަތަށް ދަނީ ބޭނުން ކުރަމުން
ބަދަލު ނުދީ ތިނަދޫ ޕްރީ ސްކޫލް ބިންތައް ނެގުން: އިންސާފުތަ؟
ދާދިފަހުން ގދ. ތިނަދޫ ކައުންސިލުން ވަނީ ތިނަދޫގައި ހިންގާ ބައެއް ޕްރީ ސްކޫލްތަކަށް ހިންގުމަށް ދީފައިވާ ބިންތައް ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ކައުންސިލުން ބުނަނީ އެބިންތައް ވަކި ކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް އެތަންތާގައި ކިޔަވައި ދިނުމުގެ މަސައްކަތް ނުހިންގާތީ ކަމަށެވެ.
Advertisement

ކައުންސިލުން ބިންތައް އަތުލި އިރު ޕްރީ ސްކޫލްތައް ހިންގާ ފަރާތްތަކުން އެބިންތަކުގައި ވަނީ އިމާރާތްކޮށް ސްކޫލްތައް ހިންގަންޖެހޭ ޒަމާނީ ފެންވަރަށް ތަންތަން ހަދައިފައެވެ. ބައެއް ސްކޫލްތަކަށް މިލިޔަނުން ހަރަދު ކޮށްފައިވެއެވެ. 

ތިނަދޫ ކައުންސިލް ރައީސް ސައުދު އަލީ ވިދާޅުވީ ބިންތަކަށް އިންވެސްޓް ކުރުމަކީ ބިންތައް ނަގާ ފަރާތްތަކުން ކުރާނެ ކަމެއް ކަމަށާއި، އެހެން ނަމަވެސް ބިންތައް ކައުންސިލަށް ނަގާފައިވަނީ އެފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ކަމަށެވެ. 

your imageއުލޫމިއްޔާ ޕްރީ ސްކޫލް: ބޯހިމެނުމުގެ މަސައްކަތް ކުރުމަށް ނަންބޯޑު ބަދަލު ކޮށްފައި

ކައުންސިލުން ބިންތައް ވަކިކުރަން ނިންމާފައިވަނީ ކައުންސިލްގެ ހަތް މެންބަރުންގެ އިއްތިފާގުންނެވެ. ކައުންސިލްގައި ހިމެނެނީ އެމްޑީޕީ އަށް ނިސްބަތްވާ ފަސް މެންބަރުންނާއި ޕީޕީއެމްގެ ދެ މެންބަރުންނެވެ. 

ކައުންސިލްގައި ހިމެނޭ ޕީޕީއެމްއަށް ނިސްބަތްވާ މެންބަރަކު ވިދާޅުވީ، ބިންތައް ވަކި ކުރަން ކައުންސިލުން ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް ބަދަލު ދޭން ޖެހޭތޯ ނުވަތަ ނޫންތޯ ނިންމާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ބަދަލު ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. 

ބިންތައް ވަކި ކުރިއިރު އެޑިޔުކޭޝަން މިނިސްޓްރީ އަކަށް ނޭނގޭ!

ސްކޫލްތައް ހިންގުމަށް ހަވާލު ކޮށްފައިވާ ބިންތައް ވަކި ކުރިއިރު އެކަން އެޑިޔުކޭޝަން މިނިސްޓްރީއަށް ކައުންސިލުން އަންގާފައެއް ނުވެއެވެ. ނުވަތަ އެޑިޔުކޭޝަން މިނިސްޓްރީން ކިޔަވައިދިނުން ހުއްޓާލިކަން ވެސް ކައުންސިލަށް އަންގާފައެއް ނުވެއެވެ. 

އަމީރު އިބްރާހީމް ޕްރީ ސްކޫލްގެ އިސްވެރިއެއްކަމަށްވާ އިބްރާހީމް ޝާކިރު ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީއަށް މައުލޫމާތު ފޮނުވަމުން ގެންދާ ކަމަށާއި، އަދި ކައުންސިލުން ފޮނުވާ ސިޓީ ތަކަށް ވެސް ޖަވާބު ދެއްވަމުން ގެންދަވާ ކަމަށެވެ.  އޭނާ ވިދާޅުވީ އެސްކޫލް އުވާލިކަމަށް ނުވަތަ ކިޔަވައިދިނުން ކުރިއަށް ނުގެންދާކަމެއް އެއްވެސް މުއައްސަސާއަކަށް އަންގާފައި ނުވާނެ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. 

ސްކޫލްތަކަށްވަނީ ބޮޑެތި ހަރަދުތަކެއް ކޮށްފައި 

ތިނަދޫ ކައުންސިލުން އަތުލާފައިވާ ތިން ބިމަށްވެސް ވަނީ ގިނަ ހަރަދުތަކެއް ކޮށް އިމާރާތްތައް ހަދާފައެވެ. އަދި އެސްކޫލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން 2013 ވަނަ އަހރު އެންގުމާ ގުޅިގެން އިތުރަށް ވެސް ވަނީ ފެންވަރު ރަނގަޅު ކުރުމަށް ހަރަދުތަކެއް ކޮށްފައި ކަމަށް އެސްކޫލްތަކުން ވަނީ ބުނެފައެވެ. 

your imageތިނަދޫ ޕްރީ ސްކޫލެއް: މިހާރު ވަނީ ކައުންސިލަށް ނަގާފައި

އުލޫމިއްޔާ ޕްރީ ސްކޫލްގައިވަނީ 2000 އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތްކޮށް ކޔަވައިދިނުމަށް ބޭނުންވާ ތަންތަން ހަދާފައެވެ. އަދި އޭގެ އިތުރުން ގޯތި ތެރޭގައި ދަރިވަރުންނަށް ބޭނުންވާ އެހެން ކަންކަންވެސް ވަނީ ކޮށްފައެވެ. އަމީރު އިބަރާހީމް ޕްރީ ސްކޫލަގައިވަނީ 1500 އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތް ހަދައި ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި ޓިއުޓޯރިއަލް ޕްރީ ސްކޫލަގައި ވެސް ވަނީ އެވަރުގެ ޖާގައެއްގައި އިމާރާތް ހަދައި ކިޔަވައިދިނުމަށް ބޭނުންވާ ކަންކަން ކޮށްފައެވެ. 

ބައެއް ސްކޫލްތަކުން ބުނީ އެ ތަންތަން ހެދުމަށްޓަކައި ލޯނު ނަގާފައިވާ ކަމަށާއި އަދިވެސް އެލޯނުތައް ނުދެއްކޭ ކަމަށެވެ. އޭގެ އިތުރުން އެކި މީހުންގެ ފަރާތުން ހޯދި އެހީތަކާއި، ސްކޫލްތަކުގެ ބެލެނިވެރިންގެ އެހީތެރިކަން ވެސް އެތަންތަން ހެދުމަށް ލިބިފައިވާކަމަށެވެ. 

މައްސަލަ އަކީ އެއްވެސް ބަދަލެއް ނުދީ އިމާރާތްތައް ނެގުން!

ސަރުކާރުން 2016 ވަނައަހަރު ގެނައި ބަދަލާ ގުޅިގެން އަމިއްލަ މީހުން ހިންގަމުންދިޔަ ޕްރީ ސްކޫލްތައް ހުއްޓުނެވެ. އެހެންކަމުން އެތަންތަން ދެން ބޭނުން ކުރަމުން ދިޔައީ ތައުލީމީ ކަންކަމާ ގުޅޭ އެހެން ބައެއް ކަންކަމަށެވެ. ނުވަތަ ތައުލީމީ މަސައްކަތް ކުރާ ފަރާތްތަކަށް ކުއްޔަށް ދިނުން ފަދަ ކަންކަން ކުރަމުން ގެންގޮސްފައިވެއެވެ. ޕްރީ ސްކޫލްތަކުން ބުނަނީ އެއްވެސް ބަދަލަކާ ނުލައި އެތަންތަން ނެގުމަކީ އިންސާފެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ކައުންސިލް ރައީސް ސައުދު އަލީ ވިދާޅުވީ ބަޔަކާއެކު ހެދިފައިވާ އެއްބަސްވުމަކީ އެ އެއްބަސްވުމަށް އަމަލު ކުރަން ޖެހޭ އެއްބަސްވުމެއް ކަމަށެވެ. އެހެން ކަމުން ކައުންސިލުން މިހާރު ވަނީ އެ ސްކޫލްތައް ބޭނުން ކުރަން ވެސް ފަށާފައެވެ.  

ތިނަދޫ ކައުންސިލުން ވަނީ  ބޯ ހިމެނުމުގެ މަސައްކަތް ކުރުމަށް އުލޫމިއްޔާ ޕްރީ ސްކޫލް ބޭނުން ކޮށްފަ އެވެ. ޕްރީ ސްކޫލްތަކުން މިހާރު ދަނީ ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރު ވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް