މިއީ 2017 ވަނަ އަހަރު ދޫނިދޫ ޖަލު ސީ ބްލޮކުގެ 21 ނަންބަރު ގޮޅީގައި ބަންދުކޮށްފައި ހުއްޓާ، ޑިއުޓީގައި ހުރި ފުލުހެއްގެ ޓީޝާޓުގެ ކަރުގައި ހިފައި އެ ފުލުސް މީހާއަށް ހަމަލާ ދޭން އުޅުނު މައްސަލައެވެ. މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލުމުން ޝަމާންވަނީ އެންމެ ފުރަތަމަ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކާއެކު އޭނާވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ފުލުސް މީހާގެ ކިބައިން މާފަށްވެސް އެދިފައެވެ.
މީގެ 5 އަހަރު ކުރީގެ މި ހާދިސާގައި ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި މީހާގެ މައްޗަށް ކުށް ސާބިތުވެ 1 މަހާއި ދުވަސްކޮޅެއްގެ ޖަލު ހުކުމެއް ކުރި ނަމަވެސް އެ ހުކުމްވަނީ ޖޫރިމަނާއަކަށް ބަދަލުކޮށްދީފައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ.