ads
ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ޖަލްސާ/ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
އަޅުގަނޑު ވެރިކަމަށް އަތުވެއްޖެނަމަ ތިބޭނީ ބޮޑުކަތީބުންނާއި، ކުޑަކަތީބުން: ޖާބިރު
ލާމަރުކަޒީ އުސޫލުން ރަށްރަށުގައި ތިބޭ ކައުންސިލަރުންނަކީ، ރައީސުލްޖުމްހުރިއްޔާ އަކަށް ހުންނަ މީހަކަށް ދެވަނަ ދައުރެެއް ހޯދައިދޭން އޮންނަ ”ބައިގަނޑެެއް“ ނަމަ، ރަށްރަށުގައި ކަތީބުން ތިބުމާއި މާބޮޑު ތަފާތެއް ނެތްކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި އޮތީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބަހުސްކުރުމެވެ.  

އެ ބިލު ހުށަހަޅާފައިވަނީ، ލޯކަލް ކައުންސިލުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ގިނަގިނައިން ބާއްވަން ނުޖެހޭ ގޮތަށް ހެދުމަށެވެ. އެގޮތުން އެ ބައި އިލެކްޝަންތައް ބާއްވާނީ ގޮނޑި ހުސްވެއްޖެކަން އަންގާތާ ގިނަވެގެން 365 ދުވަހުގެ މުއްދަތުގައި ތެރޭގައި ކަމަށް ކަނޑައެޅުމަށް އިސްލާހު ވަނީ ހުށަހަޅާފައެވެ.

މި ބިލަށް ފުރަތަމަ ބަހުސްކުރައްވަން ފުރުސަތު ލިބިލެއްވި މެމްބަރު ޖާބިރު ފުރަތަމަ ވެސް ވިދާޅުވީ، ލާމަރުކަޒީ އުސޫލަކީ ބޭނުން އެއްޗެއް ނޫން ކަމަށާއި،  އޭނާގެ ވެރިކަމެއްގައި ތިބޭނީ ކަތީބުން ކަމަށެވެ.

”އަޅުގަނޑު ވެރިކަމަށޭ މި އަންނަނީ ވަގުތު ސަލާމަތްކުރުމުގެ ގޮތުން، ވަގުތުން ވަގުތަށް، އެއްވެސް ލާމަރުކަޒީ އުސޫލެއް ނޯންނާނޭ. އޮންނާނީ ކަތީބު، ބޮޑު ކަތީބު، ކުޑަކަތީބު، އަތޮޅުވެރިން. ދަަންނަވަން މިއުޅެނީ ހަމަ މިގޮތަށޭ ދެން ދާނީ ކުރިއަށް،“ ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ، އިންތިހާބުތައް ނުބާއްވަން ވީ ކަމަށް ސަރުކާރުން މިހާރު ބުނަނީ، ލާމަރުކަޒުކުރިކުރީންނުން އަދި އިންތިހާބުތަށް ބޭއްވި ބޭއްވީނުންގޮސް، ދައުލަތައް ނުތަކާވަރު ވުމުން ކަމަށެވެ. 

ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށްޓަކައި މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އެކަން ކާމިޔާބު ނުވިކަން ގަބޫލުކުރަންޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް