ads
އިންޑިޔާ ސިފައިންވަނީ މުސްލިމް ޖަމާއަތްތަކުގެ އޮފީސްތަކަށް ވަދެ އެތަންތަން ފާސްކޮށްފައި
ޓެރަރިސްޓުން ކަމަށްބުނެ އިންޑިޔާގެ މުސްލިމް ގިނަ ޖަމާއަތްތަކެއް ހިންގުން ހުއްޓުވައިފި
އިންޑިއާއިން މުސްލިމް ޖަމާއަތެއް ކަމަށްވާ ޕޮޕިއުލަ ފްރަންޓް އޮފް އިންޑިއާ (ޕީއެފްއައި) އާއި އެޖަމާއަތާ ގުޅުން އޮންނަ ޖަމާއަތްތަކުން ޓެރަރިޒަމްގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް، ފަސް އަހަރު ދުވަހަށް އެޖަމާއަތް އިންޑިޔާގައި ހިންގުން ހުއްޓުވައިފިއެވެ.
Advertisement

އެޖަމާއަތް ހިންގުން ހުއްޓުވާފައިވާއިރު، އެޖަމާއަތުގެ 100 އަށް ވުރެ ގިނަ މެމްބަރުން މިމަހު ވަނީ ހައްޔަރުކޮށްފައެވެ. 

ޕޮޕިއުލަރ ފްރަންޓް އޮފް އިންޑިއާ އާއި އެޖަމާއަތުގެ ބައިވެރިންނަކީ ޓެރަރިޒަމާއި އޭގެ ފައިނޭންސިން ފަދަ ސީރިއަސް ކުށްތަކުގައި ޝާމިލުވާ ބައެއްކަން ސާބިތުވެފައިވާ ކަމަށާއި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަންކަމަށް އިހުތިރާމް ނުކޮށް، މީހުން މެރުންފަދަ ކަންކަމުގައި ބައިވެރިވެފައިވާކަމަށޤ އިންޑިއާގެ ހޯމް މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ހުއްޓުވާފައިވާ ޕީއެފްއައި އާއި އެ ފައުންޑޭޝަނާ ގުޅުން އޮންނަ ރިހެބް އިންޑިއާ ފައުންޑޭޝަން، ކެމްޕަސް ފްރަންޓް އޮފް އިންޑިއާ، އޯލް އިންޑިއާ އިމާމް ކައުންސިލް، ނެޝަނަލް ކޮންފެޑެރޭޝަން އޮފް ހިއުމަން ރައިޓްސް އޯގަނައިޒޭޝަން، ނެޝަނަލް ވިމެންސް ފްރަންޓް، ޖޫނިއާ ފްރަންޓް، އެމްޕަވާ އިންޑިއާ ފައުންޑޭޝަން އަދި ރީހެބް ފައުންޑޭޝަން، ކެރެލާ ވެސް އިންޑިޔާގައި ހިންގުން މަނާކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ބުނީ ދުނިޔޭގެ ޓެރަރިސްޓް ޖަމާއަތްތަކާ ޕީއެފްއައިއާ ގުޅުން އޮންނަ އެތައް ކަމެއް ފާހަގަ ކުރެވިފައިވާ ކަމަށާއި އެ ޖަމާއަތުގެ ބައެއް މެމްބަރުން އައިސިސްގެ ހަތިޔާރުއެޅި ޖަމާއަތާ ގުޅި، ސީރިއާ، އިރާގް އަދި އަފްޣާނިސްތާނުގައި ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކަމަށެވެ.

2006 ވަނަ އަހަރުގެ ފަހުކޮޅު ޕީއެފްއައި އުފެދުނުއިރު،  ޖެހިގެން އައި އަހަރު ރަސްމީކޮށް އެ ޖަމާއަތް އިފްތިތާހު ކުރީ ދެކުނު އިންޑިއާގައި ހަރަކާތްތެރިވާ އިތުރު ދެ ޖަމާއަތަކާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް