ads
އިސްލާމިކް މިނިސްޓަރު ޒާހިރު
ޔޯގާ މައްސަލަ މިހާވަރުވެދާނެ ކަމަށް އަންދާޒާވެސް ނުކުރަން: މިނިސްޓަރު
ޔޯގާ މައްސަލާގައި ފަތުވާ ނުދީ އޮތީ އެމައްސަލަ އަކީ އެހާ ބޮޑު މައްސަލަައަކަށް ވެގެންދާނެ ކަމެއް ކަމަށް އަންދާޒާ ކުރެވިފައި ނެތުމުން ކަމަށް އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރު މަސްއޫލިއްޔަތު ބަލައި ކޮމިޓީން އިއްޔެ އިސްލާމިކް މިނިސްޓަރު އެ ކޮމިޓީއަށް ހާޒިރުކުރީ، ފަތުވާ މަޖިލީހުގެ ރައުޔެއްނެތި ޔޯގާ ހަރަކާތް ހުއްޓުވައިދިނުމަށް ފުލުހަށް މިނިސްޓްރީން ފޮނުވާފައިވާ ކަމަށް ބުނާ ސިޓީއެއް ލީކުވެގެން ދިޔަ މައްސަލާގައެވެ. 

މިނިސްޓަރު ޒާހިރު ވިދާޅުވީ، އެ ސިޓީއަކީ ޔޯގާގެ ހަމަނުޖެހުމުގެ ކުރިން، މާލޭގެ އެކި ތަންތަނުގައި މެޑިޓޭޝަން ކްލާސްތަކެއްގެ ގޮތުގައި ޔޯގާގެ ހަރަކާތް ހިންގަމުންދާތީ އެކަން ހުއްޓުވައިދިނުމަށް އެދި އާއްމު ފަރާތްތަކުން ހުށަހެޅި ޝަކުވާއަކާއި ގުޅިގެން ފުލުުހުންނަށް މިނިސްޓްރީން ފޮނުވި ސިޓީއެއް ކަމަށެވެ. އެ ސިޓީ ފޮނުވީ އެ އެ ކްލާސްތަކުގައި މެޑިޓޭޝަން ނަމުގައި ”ނޭތްގާނީ ކަންކަން ހިގާތީ“ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޔޯގާގެ ކަންކަމުގައި ރާއްޖޭގައި އަބަދުވެސް ހިޔާލުތަފާތުވުންތައް އޮންނައިރު، އެކަމުގެ ސައްހަ ގޮތް ސާފުކޮށްދިނުމަށް މިނިސްޓްރީން މަސައްކަތްކޮށްފައި ނުވަނީ ކީއްވެތޯ މެމްބަރުން ސުވާލުކޮށްފައި ވެއެވެ.

މިނިސްްޓަރު ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޔޯގާގެ ކަންކަން ފެށިފައިވާ ކަމަށެވެ. އެދުވަސްވަރުން ފެށިގެން އެކަމުގައި އިލްމުވެރިންގެ މެދުގައި ވެސް އަދި އާއްމުންގެ މެދުގައިވެސް ހިޔާލު ތަފާތުވުންތައް އޮތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިފަހަރު އެމައްސަލަ އެހާ ބޮޑުވެދާނެ ކަމަށް އަންދާޒާ ކުރެވިފައި ނެތީ ކަމަށް ވިދާޅުވި އެވެ.

"މިމައްސަލައަކީ 2015 ވަނަ އަހަރުން ފެށިގެން ހިލާފު އުފެދިފައި އޮތް މައްސަލައެއް، އަޅުގަނޑުމެންނާއި، ޔޫތު މިނިސްޓްރީ އާއި، ފުލުހުންނަކަށް އޭރަކު އަންދާޒާ ކުރެވިފައެއް ނެތް އެއްކޮށް އިށީދެގެން ހައްލު ކުރަންޖެހޭ[ހިސާބަށް] މި މައްސަލަ މިހެން އަންނާނެ ކަމަކަށް. އިހުސާސް ނުވާކަމެއްގައިވީމަައި ފަތުވާ ނެރުމަށް ވާހަކަ ވެސް ދެއްކެވިފައި ނެތީ، މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ،  އެމައްސަލާގައި ފަތުވާ އަކަށް އެދި އެއްވެސް ބަޔަކު ވެސް މިނިސްޓްރީގައި އެދިފައެއް ނެތްކަމަށާއި، ފަތުވާ މަޖިލީހުން އެކަން އިސްވެ ބަލާފައި ނުވަނީވެސް އެހެންވެ ކަމަށެވެ. އަދި މިހާ ހިސާބަށް މައްސަލަ ދާނެ ކަމަށް އެއްވެސް ވަރަކަށް އަންދާޒާ ކުރެވިފައި ނުވާކަމަށް ވިދާޅުވި އެެވެ.

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީން އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން މިދިޔަ ޖޫން މަހުގެ ތެރޭ ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ބަޔަކު ހުރަސް އަޅާ، އެ އިވެންޓުކުރިއަށް ދަނިކޮށް އެތަނުގެ ތެރެއަށް ވަދެ ވަނީ ހަމަނުޖެހުން ހިންގާފައެވެ.

އެމައްސަލަ ކުށްވެރިކޮށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވާފައެވެ. 

އެ ހަރަކާތް ޔޫތު މިނިސްޓްރީން އިއުލާންކުރީންސުރެ، އެ ހަރާކާތް ނުބޭއްވޭނެ ކަމާއި، ހަރަކާތް ހުއްޓުވާނެ ކަމުގެ އެތައް ވާހަކަތަކެއް އެތައް ބަޔަކު ޓްވިޓާގައި ދިޔައީ ދައްކަމުން ނެވެ. އެ ހަރަކާތް ބާއްވާނެކަން އިއުލާންކުރުމުންވެސް އެކަން ހުއްޓުވާން މަގުމައްޗަށް ނިކުންނަން އެކި ފަރާތްތަކުން ދިޔައީ ހިތްވަރުދެމުން ނެވެ. 

 

17%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް