ads
އައިޝަތު ރައީސް އަރިހުގައި
ބޯހިމެނުމަށް ބޮޑު ތަރުހީބެއް ލިބޭ
މިހާރު ކުރިއަށްދާ ބޯހިމެނުމަށް އާއްމުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ޗީފް ސްޓެޓިސްޓީޝިއަން އައިޝަތު ހަސަން ވިދާޅުވެއްޖެއެވެ.
Advertisement

ޗީފް ސްޓެޓިސްޓީޝިއަން އައިޝަތު ހަސަން މިހެން ވިދާޅުވީ ބުދަ ދުވަހުގެ ރޭ، އިންފޮމޭޝަން ކޮމިޝަނަރު އިންތިޒާމްކުރެއްވި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހުގެ ހަފްލާގެ ޝަރަފުވެރި މެހެމާނުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

އައިޝަތު ހަސަން ވިދާޅުވީ، މިހާރު ކުރިއަށްދާ ބޯހިމެނުމަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ތަފާސް ހިސާބާ ގުޅޭ ހަރަކާތް ކަމަށެވެ. އަދި މި ހަރަކާތަށް އާއްމުންގެ ބޮޑު އެއްބާރުލުމެއް ލިބޭކަން ފާހަގަކޮށް އައިޝަތު ހަސަންވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ހަގީގަތުގައި މިއީ މިހާތަނަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު ހަރަކާތް. އެއީ ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން އަދި މަސައްކަތް ހިންގާ ތަންތަނުގެ ބޯހިމެނުން. މިހާތަނަށް، މަސައްކަތް ކުރާ ތަންތަނުގެ ބޯހިމަނާ މިއީ ފުރަތަމަ ފަހަރު. އަޅުގަނޑު ފާހަގަކޮށްލަން ހަމަ ބޭނުންވޭ، މި ބޯހިމެނުންތަކުގައި ހުރިހާ ބޭފުޅުންވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ދޭކަން. މިކަމަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ބޯހިމެނުމުގެ ކަންކަމަށް އެއްބާރުލުން ލިބޭ ކަމަށް ޗީފް ސްޓްޓިސްޓީޝިއަން ވިދާޅުވެފައިވާއިރު، މިހާރު ކުރިއަށްވަނީ ބޯހިމެނުމުގެ މައުލޫމާތު އެއްކުރުމުގެ އެންމެ ފަހު މަރުހަލާއެވެ. 

މި މަރުހަލާ ކުރިއަށްދާއިރު، ތަންތަން ތަޅުލާފައި ހުރުމުން އަދި މީހުންނާ ދިމާނުވުމުގެ ސަބަބުން ބޯހިމެނުމަށް މައުލޫމާތު ނުދެވި ތިބި މީހުން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ގުޅައިގެން އެކަންކަން ފުރިހަމަ ކުރުމަށް އެ އިދާރާއިންވަނީ އެދިފައެވެ. 

ތަފާސް ހިސާބާ ބެހޭ ގައުމީ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ ތަޅުލާފައި ހުރުމުންނާއި މީހުންނާއި ދިމާނުވުމުގެ ސަބަބުން، ތަފުސީލީ މައުލޫމާތު ނުނެގިވާ ގޭބިސިތަކާއި އިގުތިސާދީ މަސައްކަތް ހިންގާ ތަންތަނާއި މައުލޫމާތު ފުރިހަމަނުކުރެވިވާ ތަންތަނާއި އަދި ބޯހިނުމަށް މައުލޫމާތު ހޯދުމަށް އެދި އެ އޮފީހުގެ ލިޔުމެއް ލިބިފައިވާ ފަރާތްތަކުން ހޮޓްލައިން ނަންބަރަށް ގުޅުމުން މައުލޫމާތު ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް