ads
އެމެރިކާއަށް އެރި ތޫފާނުގައި ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން
އެމެރިކާއަށް އެރި ވަރުގަދަ ތޫފާނާއެކު ބޮޑެތި ގެއްލުންތަކެއް!
އެމެރިކާއަށް ވަރުގަދަ ތޫފާނެއް އަރައި ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެއެވެ.
Advertisement

އެމެރިކާއަށް މިހާތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ ބާރުގަދަ އެއް ތޫފާން ކަމަށްވާ "ހަރިކޭން އިއާން" ހުޅަނގު ދެކުނު ފްލޮރިޑާއަށް އަރައި، މަގުތަކާއި އިމާރާތްތަކުގައި ވަނީ ފެންބޮޑުވެފައެވެ.

މީގެ އިތުރުން މިލިއަނަކަށްވުރެ ގިނަ މީހުންނަށް ކަރަންޓް ކެނޑި، އަދި އިތުރު ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރު (އެންއެޗްސީ) އިން ބުނެފައިވަނީ ކެޓަގަރީ 4 ގެ ތޫފާން އެރީ ބުދަ ދުވަހު ކަމަށާއި، ތޫފާނުގެ ވައި 150 މޭލު ބާރުމިނިގައި ހުރި ކަމަށެވެ.

ނެޝަނަލް ހަރިކޭން ސެންޓަރުގެ އެންމެ ފަހުގެ ބުލެޓިންގައި ބުނެފައިވަނީ ތޫފާން އިއާން މިހާރު ހުރީ އޯލަންޑޯގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 95 މޭލު (150 ކިލޯމީޓަރު) ދުރުގައި ކަމަށެވެ.

ތޫފާން މަޑުމަޑުން އުތުރު އިރުމައްޗަށް ދަތުރުކުރަމުން ދަނީ ގަޑިއަކު 8 މޭލު ބާރުމިނުގައި ކަމަށާއި، އެ ސްޓޭޓު ހުރަސްކޮށް ދަތުރުކޮށް އެޓްލާންޓިކް ކަނޑުގެ ސަރަހައްދަށް ބުދަ ދުވަހުގެ ރޭ ނުވަތަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައިފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް ހަރިކޭން ސެންޓަރުން ބުނެއެވެ.

ހުކުރު ދުވަހު ޖޯޖިއާ އާއި ސައުތު ކެރޮލައިނާއަށް އަރާއިރުވެސް އިއާން ހުންނާނީ ތޫފާނުގެ ހަމަ އެބާރު މިނުގައި ކަމަށް ހަރިކޭން ސެންޓަރުން ބުނެއެވެ.

ނެޝަނަލް ހަރިކޭން ސެންޓަރުގެ ފޯކާސްޓަ އެންތަނީ ރެއިންސް ވިދާޅުވީ ތޫފާން އިއާންގެ ސަބަބުން ލިބޭ ގެއްލުންތައް ދެނެގަންނަން ދުވަސް ނަގާނެ ކަމަށެވެ.

އެހެންނަމަވެސް އޭނާ ވިދާޅުވީ މިއީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކާރިސާއަކަށް ވާނެ ކަމަށެވެ.

ލ؛ިބުނު ގެއްލުން ތަކުގެ ސަބަބުން އެގައުމުގެ ބައެއް ސްޓޭޓްތަކުގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. 

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް