ads
ފަނޑިޔާރު ސުއޫދު
ފަނޑިޔާރުންގެ ވަކާލާތު ހުއްދަ ބާތިލުކުރުމަކީ ސީރިއަސް މައްސަލައެއް
ފަނޑިޔާރުކަމުގައި ހުންނަވައިގެން މަގާމާ އެކަށީގެން ނުވާ ކަމެއް ކޮށްފި ނަމަ ފަނޑިޔާރުން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމާ ހާލަތުގައި އެ ފަނޑިޔާރެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ގެއްލޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ދެކޮޅު ހައްދަވައިފިއެވެ.
Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި، ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ހުއްނުއްސޫދު، ގާނޫނީ ފަންނުގެ ދާއިރާގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހަށް ދެކޮޅު ހެއްދެވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެ އިސްލާހާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ފަނޑިޔާރަކު ވަކިކުރަން ނިންމައިފިއްޔާ އެ ހިސާބުން ދެން އެ ނިމުނީހެން. ދެން އޭނާގެ މައްޗަށް އިތުރު ފިޔަވަޅެއް އަޅާކަމަށް ވެއްޖިއްޔާ ދެން އެ މީހެއްގެ މައްޗަށް ތަހުގީގު ކުރެވުނު ސުލޫކީ މައްސަލައާ ގުޅިގެން އިތުރު ޖިނާއީ ކުށެއްގެ ތަހުގީގުގައި އެފަދަ ފިޔަވަޅެއް ކަމާބެހޭ ތަހުގީގީ އިދާރާއަކުން ހިންގައި އެކަމުގެ ތެރޭން ލިބޭ އަދަބެކޭ ލިބެންވާނޭ. އޭގެ އިތުރު ފިޔަވަޅެއް މި ދެންނެވީ ވަކީލުކަމުގެ ހުއްދަ އުމުރު ދުވަހަށް ހިފެހެއްޓުން ފަދަ އަދަބަކޫ ފުދޭ ވަރެއްގެ ބޮޑު އަދަބަކަށް ވެދާނެ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ރަނގަޅު ގޮތަކަށް ނުވާނެ.

ބަންޑާރަ ނާއިބު ޑްރާފްޓް ކުރައްވާ ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން މިހާރު މަޖިލީހަށް ހުށަހެޅި ދިރާސާ ކުރުމުގެ މަރުހަލާގައިވާ ގާނޫނީ ފަންނުގެ ދާއިރާގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ފަނޑިޔާރަކު ކުރައްވާ އެކަށީގެން ނުވާ އަމަލެއްގެ ސަބަބުން މަޖިލީހުން ފަނޑިޔާރަކު ވަކި ކުރަން ނިންމައިފި ނަމަ، ނުވަތަ އޭނާގެ މައްސަލަ މަޖިލީހުގައި އޮއްވައި އިސްތިއުފާ ދެއްވައިފި ނަމަ އޭނާގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެ ކަމަށެވެ. އެއަށް ފަހު އަލުން އެ ބޭފުޅަކަށް ވަކީލުކަން ކުރެވޭނީ ވަކި ކުރިތާ ފަސް އަހަރު ފަހުން އަލުން ހުއްދައަށް އެދި ހުއްދަ ހޯދައިގެން ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް