ads
ފާދިއްޕޮޅު މަހާސިންތާގެ ބައިވެރިން
ފާދިއްޕޮޅު ތަރައްގީގެ މަހާސިންތާ ނިމިއްޖެ
ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިސްނަގައިގެން ފާދިއްޕޮޅުގެ ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ސްކޫލްތަށް ބައިވެރިވެގެން ކުރިއަށް ގެންދިޔަ ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިމިއްޖެއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހާސިންތާ ކުރިއަށް ގެންގޮސްފައިވަނީ 27-28 ސެޕްޓެމްބަރުގައި ނައިފަރުގައެވެ. މި މަހާސިންތާގައި ހުރިހާ ދާއިރާއަކުން ޖުމްލަ 56 ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ފާދިއްޕޮޅު ތަރައްގީގެ މަހާސިންތާ 2022 އަކީ ޅ. އަތޮޅުގެ ތަރައްގީގެ މަސައްކަތްތައް އިތުރަށް ހަލުވިކުރުމާއި ރަށްރަށުގެ ރަށުކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ދިމާވެފައިވާ ދަތިތަށް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުން އެއްބަސްވާ ސިޔާސަތުތަކެއް ކަނޑައެޅުމަށް ކުރިއަށް ގެންދެވުނު މަހާސިންތާއެކެވެ.

މީގެ އިތުރުން ޅ. އަތޮޅުގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގައި ހުރި މައްސަލަތަކާއި މެދު މަޝްވަރާކުރުމާއި އަދި ރ. ވަންދޫއަށް ކުނި އުފުލުމުގައި ގޮންޖެހުންތައް ދެނެގަނެ ހުރިހާ ކައުންސިލްތަކާއި ކަމާއިގުޅޭ މުއާއްސަސާތަކަށް އެއްބަސްވެވޭ ގޮތްތަކެއް ހޯދުމަކީވެސް މިމަހާސިންތާގެ މަގްސަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް