ads
ގްލޯބަލް އިނޮވޭޝަން އިންޑެކްސް: އެންމެ ކުރީގައި ސްވިޒަލޭންޑް
ސްވިޒަލޭންޑް: އީޖާދީ އުއްފެއްދުންތައް އުފެއްދުމުގެ އެންމެ ކުރީގައި 12 އަހަރު
ޖެހިޖެހިގެން 12 ވަނަ އަހަރު ދުނިޔޭގެ އެންމެ އީޖާދީ އުފެއްދުންތެރި އިގުތިސޯދުގެ މަގާމު ސްވިޒަލޭންޑަށް ލިބިއްޖެ އެވެ.

ދުނިޔޭގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަން (ވައިޕީއޯ) އިން ބުރާސްފަތި ދުވަހު ޝާއިއުކުރި ގްލޯބަލް އިނޮވޭޝަން އިންޑެކްސް (ޖީއައިއައި) 2022 ގައި އެގައުމަށް ފަހު ދެވަނައިގައި ފާހަގަ ކޮށްފައިވަނީ އެމެރިކާއެވެ. 

ވައިޕީއޯއިން ބުނެފައިވަނީ ސްވިޒަލޭންޑަކީ ޖެހިޖެހިގެން 12 ވަނަ އަހަރު އިނޮވޭޝަންގައި ދުނިޔޭގެ އެންމެ އިސް ލީޑަރު ކަމަށާއި، އޭގެ ސަބަބުން އިނޮވޭޝަން އައުޓްޕުޓްތަކުގައި ދުނިޔޭގެ ފެންވަރުގައި އިސްދައުރެއް ކުރާ ކަމަށެވެ.

ދެވަނައިގައި އެމެރިކާ އޮތްއިރު ތިްނވަނައިގައި ވަނީ  ސްވިޑެންއެވެ.އަދި އޭގަެފަހަތުގައި އިނގިރޭސިވިލާތް އަދި ނެދަލޭންޑްސްއެވެ.

މި ރޭންކިންގައި، އިންފްރާސްޓްރަކްޗަ އަދި ޓެކްނޯލޮޖީގެ އައުޓްޕުޓްތަކާއި، ބިޒްނަސް ސްފިސިފިކޭޝަނާއި، މީހުންނާއި، ކެޕިޓަލް ރިސަރޗްއާއި، މިނޫންވެސް އެތައް ކަމަކަށް ރިޢާޔަތް ކޮށްފައިވެއެވެ.

ގްލޯބަލް އިނޮވޭޝަން އިންޑެކްސްގައި އިންޑިއާ ވަނީ 40 ވަނަ މަގާމު ކަށަވަރުކޮށްފަ އެވެ. މިއީ ގަދަ 40 ގެ ތެރެއަށް އެ ގައުމު ވަން ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު އިންޑިއާ އޮތީ 46 ވަނައިގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް