ads
ފަސްޓް ލޭޑީ ފަޒްނާ
އިސް ރަށްވެހިންނަށް މެޑަމް ފަޒްނާގެ ހިޔާލެއް
އިސް ރަށްވެހިންނަކީ ގައުމަށް މުހިއްމު ބައެއް ކަމަށާއި، އެ މީހުންގެ ބޭނުން ގައުމަށް ކުރެވިދާނެ ގޮތާ ގުޅޭ ގޮތުން ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ހިތްގައިމު ހިޔާލެއް ދެއްވައިފިއެވެ.
Advertisement

މެޑަމް ފަޒްނާގެ ހިޔާލު ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު ކުރެއްވީ، ދާދި ފަހުން އަވަހާރަވި އިގިރޭސި ރާނީގެ ޖަނާޒާގައި އެ ކަމަނާއަށް ތަޖުރިބާ ކުރެވުނު ކަމެއްގެ ތެރެއިންނެވެ. 

ރައީސް އަރިހުގައި ފަސްޓް ލޭޑީ މިދިޔަ މަހު އިގިރޭސިވިލާތަށް ވަޑައިގެން އިގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ފަސްޓް ލޭޑީ ވިދާޅުވީ، ކްއީންގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނަށް މަގު ދައްކައިދިނީ އިގިރޭސިވިލާތުގެ އިސް ރަށް ވެހިން ކަމަށެވެ. 

އިސްރަށްވެހިންނަކީ ވެސް އެއްދުވަސްވަރެއްގައި ގައުމުބިނާ ކުރުމުގައި ހަރަކާތްތެރިކަމާ އެކު އުޅުނު ނޫކަށިފުރައިގެ ޒުވާނުންނެވެ. އަދި މިހާރުވެސް އެއީ ގައުމަށް ބޭނުންތެރި މުހިންމު ބައެއްކަން އެމީހުންނަށް އިހްސާސްވުން މުހިންމެވެ.

ފަޒްނާ ވިދާޅުވީ ގައުމުގެ ވެރިން އެކިއެކި ހަފްލާތަކަށް ދިޔުމަށް ޖަމާވާން ޖެހުނީ ރޯޔަލް ޗެލްސީ ހޮސްޕިޓަލަށް ކަމަށެވެ. އަދި ބަކިންގްހަމް ޕެލެސްއަށާ ވެސްޓްމިނިސްޓަ އެބީ އަށް ގައުމުތަކުގެ ވެރިން ގެންދިޔައީ އެތަނުން ކޯޗުގައި ކަމަށް މެޑަމް ވިދާޅުވިއެވެ. އެތަނުގައި ގައުމުތަކުގެ ވެރިންނަށް މަރުހަބާ ކިޔުމާ، މަޑުކޮށްލައިގެން ތިބެންވި ތަން ދެއްކުމާ އަރަންވި ކޯޗް ބުނެދޭން ތިބީ އިސްރަށްވެހިންކަން ފަސްޓް ލޭޑީ ފަޒްނާ ފާހަގަކުރެއްވިއެވެ. 

ސޯޝަލް މީޑިއާގައި ފަސްޓް ލޭޑީ ހާމަ ކުރެއްވި މި ހިޔާލު ނިންމަވާލައްފައިވަނީ އިސްރަށް ވެހިންގެ ދުވަހުގެ ހެޔޮއެދުމާ ޝުކުރު އެންމެ ހާ އިސްރަށްވެހިންނަށް ފޮނުއްވުމާއެކުއެވެ.

90%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް