ads
ހުނޭ
ހުނޭސާ ބަންދު ނުކުރި މައްސަލައިގެ ހުކުމް މިއަދު
ޓިކްޓޮކް ތަރި ހުނޭސާ އާދަމް ބަންދުކޮށްދޭން ޕީޖީން ދެވަނަ ފަހަރަށް އެދުނު މައްސަލައިގެ ހުކުމް ކުރުމަށް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.
Advertisement

ހައިކޯޓުގެ ކޯޓު ޝެޑިއުލްގައިވާ ގޮތުން ހުނޭސާގެ މައްސަލައިގެ ހުކުމް ކުރުން އޮތީ މިއަދު މެންދުރުއެވެ. ހުނޭސާއާ ދެކޮޅަށް ދައުލަތުން ކުރާ މަސްތުވާތަކެތީގެ މައްސަލައިގެ ޝަރީއަތެއް ކުރިމިނަލް ކޯޓުގައިވެސް މިއަދު އޮންނާނެއެވެ.

ހައިކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކީ ޑްރަގް ޓްރެފިކިންގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓާ ދޫކޮށްލި ޓިކްޓޮކް ތަރި ހުނޭސާ އާދަމް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލުކޮށް، އޭނާ ބަންދު ކުރުމާ މެދު އަނެއް ކްރިމިނަލް ކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް އަމުރު ކުރުމުންވެސް އޭނާ ބަންދުކޮށް ނުދީގެން ޕީޖީން އަނެއްކާވެސް ހައިކޯޓަށް ހުށަހެޅި މައްސަލައެވެ. މި މައްސަލައިގެ އަޑު އެހުންތައް ހައިކޯޓުންވަނީ މިދިޔަ ހަފްތާގައި ނިންމާލާފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ހުނޭސާ އާދަމް ނަސީރު (ހުނޫ) ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ ޖުލައި މަހުގެ ފަންސަވީސްވަނަ ދުވަހުއެވެ. އޭނާ ދޫކޮށްލުމާއި އެކު ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ އޮގަސްޓް މަހު ނިންމާފައިވަނީ ހުނޫ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށްފައެވެ.

މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ކުށުގެ ވެށްޓާއި ހުނޭސާ އާދަމް ނަސީރުއާ ގުޅުމެއް އޮތް ކަމަށް ބެލެވިދާނެ ކަންކަން ހުރިއިރު، އެތަނުން ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކިރާ މެޝިނާއި ބަންދުކުރާ ކޮތަޅުތައް ހުރިކަން ފާހަގަކުރެވޭ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވެނީ ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި ޓްރެފިކް ކުރުންކަމަށާއި އަދި ޓްރެފިކިން މިންގަނޑަށް އަރާ ތިން ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް އޮގަސްޓް މަހު ހައިކޯޓުން ނިންމި ނިންމުމުގައިވޭ

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުނޫގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ޓްރެފިކްކުރުން އަދި މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ދައުވާކޮށްފައިވެ އެވެ. ދައުލަތުން ހުނެއިޝާގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އޭނާ އާއި އިތުރު ފިރިހެނަކާއި ދެމީހުންތިބި މާލޭގެ ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައަކާއި ގުޅިގެންނެވެ. މި މައްސަލަ އާއި ގުޅިގެން ހުނެއިޝާ އާއި އެކު އެގޭގައި ދެން އިން ފިރިހެން މީހާގެ މައްޗަށްވެސް ވަނީ މިފަދަ ދައުވާތަކެއް ކޮށްފަ އެވެ.

މަސްތުވާތަކެތީގެ ގާނޫނުގައި ބުނެފައިވާގޮތުން ޑައިމޯފިން ޓްރެފިކް ކުރުމާއި، ކެނަބިސް ޓްރެފިކް ކުރުމަކި ބޮޑެތި އަދަބުތައް ލިބޭ ކުށެކެވެ. ހިނގަމުންދާ މައްސަލަތައް ހުނޭގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާ އުމުރަށް ޖަލަށްލުމަކީ އެކަށީގެންވާކަމެކެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް