ads
އަންހެން މީހާ ދަތުރު ކުރަމުން ދިޔަ ބަސް
ލަންކާ ފުލުހުންގެ އަތުން 29 އަހަރުގެ އަންހެނެއް މަރުވެއްޖެ
ލަންކާ ފުލުހުންގެ އަތުން އުމުރުން 29 އަހަރުގެ އަންހެނެއް މަރުވެއްޖެ އެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ލަންކާގެ މިރިގާމާގެ ޑާނޯވިޓާ ސަރަހައްދުގައިކަމަށް ލަންކާގެ ނޫސްތަކުން ބުނެ އެވެ. 

އެގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ފުލުހުން ވަނީ އެ ހިސާބުގައި ހިނގި ވައްކަމެއް ހުއްޓުވުމަށް ވަގުންގެ ގަޔަށް ބަޑި ޖަހާފަ އެވެ. އެހެން ނަމަވެސް އެ ވަގުތު އެ ސަރަހައްދުން ދިޔަ ބަހެއްގެ ތެރޭ އިން އަންހެނެއްގެ ގަޔަށް ވަޒަން އަރާ އަންހެން މީހާ މަރުވީ ކަމަށް ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

އަންހެން މީހާގެ ހަށިގަނޑު ވަތުޕިޓިވާލާ ހޮސްޕިޓަލުގެ މޯޗަރީގައި ބާއްވާފައި ވާއިރު، އަންހެން މީހާ މަރުވުމާ ގުޅިގެން އެގައުމުގެ ބައެއް ރައްޔިތުން އަންނަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އަދި މިއީ ފުލުހުންގެ ފަރުވާ ކުޑަކަމުން ދިމާވި ކަމެއް ކަމަށާއި، ބަލަންޖެހޭ ވަރަށް ފުލުހުން ނުބަލާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން ޑާޏޯވިޓާގެ ފުލުހުންގެ އިދާރާއިން ވަނީ، ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ބުނެފަ އެވެ. އަދި މިކަމުގައި ކިރިޔާވެސް އިހުމާލެއް ފާހަގަ ކުރެވޭނަމަ ބަޑިޖެހި ފުލުހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެވެ. 

ފުލުހުން ބަޑި ޖެހުމުގެ ސަބަބުން ވައްކަން ކުރަން ތިބި މީހުން ވަނީ އެ ސަރަހައްދުން ފިލާފަ އެވެ. އެހެން ނަމަވެސް ފުލުހުން ވަނީ ފަހުން އެމީހުން ހޯދާ ހައްޔަރު ކޮށްފަ އެވެ. 

14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް