ads
މިނީ ބަސް މަޖީދީމަގުގައި
ޓިކެޓަށްވާ ފައިސާ ހަމައަށް ހިފައިގެން ދިއުމަށް އެދެން: އާޒިމް
އެމްޓީސީސީއިން މާލޭގައި ދެމުން އަންނަ މިނީ ބަހުގެ ހިދުމަތުން މާދަމާ އިން ފެށީގެން އަގު ނަގަން ފަށާއިރު، މިނީ ބަހަށް ބޭނުންވާ ފައިސާ ހަމައަށް ހިފައިގެން ދިއުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން މާލޭގައި ދެމުން އަންނަ މިނީ ބަހުގެ ހިދުމަތުން މާދަމާ އިން ފެށިގެން އަގު ނަގާ އިރު، ކޮޅަކަށް ނެގުމަށް ހަމަޖެހިފައިވަނީ، 7 ރުފިޔާ އެވެ. މިނީ ބަހުގެ ހިދުމަތް މާލޭގައި ފެށީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. 

މިކަމާއި ގުޅިގެން މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ، މާދަމާ އިން ފެށިގެން އަގު ނަގަން ނިންމާފައި ވާކަމަށާއި، އަގު ނަގާއިރު، މިނީ ބަހުގެ ހިދުމަތް ހޯދި ފަރާތްތަކުން ހުށަހެޅި ހިޔާލުތަކަށް ބަލާފައި ވާނެ ކަމަށެވެ. 

އެގޮތުން އާރުޓީއެލް އެޕްލިކޭޝަން ބޭނުންކޮށްގެން ޓިކެޓް ނެގޭނެ ކަމަށާއި، އޭގެ އިތުރުން 7 ރުފިޔާ ގެނައުމުންވެސް ޓިކެޓު ދޫކުރުމަށް ނިންމާފައި ވާކަމަށެވެ. 

"އެއް ގޮތަކީ، އާރުޓީއެލް އެޕް ބޭނުން ކޮށްގެން ޓިކެޓު ނެގުން. އެގޮތަށް ދަތުރު ކުރަން ދަތިވާ ފަރާތްތަކުން 7 ރުފިޔާ ހިފައިގެން އައުމުން ޓިކެޓު ދިނުމަށް ވަނީ ނިންމާފަ. އެހެން ނަމަވެސް ބަހުން މާރެއް ނުކުރެވޭނެ. އެހެން ކަމުން ހަމައަށް ފައިސާ ގެނައުމަށް ސަމާލުކަން ދޭންޖެހޭ." އާޒިމް ވިދާޅުވި އެވެ.

 

އާޒިމްގެ ވާހަކަފުޅުގައި ވިދާޅުވީ، ބާކީ ނުދިނުމަށް ނިންމީ ހިދުމަތުގެ ދުވެލި ލަސްވިޔަ ނުދީ ހިފެހެއްޓުން ކަމަށާއި، ބަހުގައި ފައިސާ އެޅުމަށް ހާއްސަ ކުރެވިފައިވާ ފޮއްޓަށް 7 ރުފިޔާ ލުމުން ބަހުގައި ހުންނަށް ކޮންޑަކްޓަރު ކަރުދާސް ޓިކެޓު އެމީހަކަށް ދޫކުރާނެ ކަމަށެވެ. 

މިނީ ބަހުގެ ހިދުމަތުން އަގު ނަގަން މާދަމާ އިން ފެށިގެން ފަށާއިރު، ބަހުގެ ހިދުމަތް ހޯދާ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން ޔުނީފޯމްގައި ތިބޭ ސުކޫލް ކުދިންނަށް ބަހުގެ ހިދުމަތުން އަގަކާއި ނުލާ ދަތުރު ކުރެވޭނެ އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް