ads
ހުނޫ
ހުނޫ ބަންދުން ދޫކޮށްލުމުގައި ގޯހެއް ނެތް: ހައިކޯޓް
މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ އުފުލާފައިވާ މަޝްހޫރު ޓިކްޓޮކް ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލަން ނިންމުމުގައި ގޯހެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހައިކޯޓުން މިއަދު މި ގޮތަށް ހުކުމް ކުރީ މި މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

މި އަހަރުގެ މާޗް މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހުނޫ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް މިދިޔަ ޖޫން މަހު ކްރިމިނަލް ކޯޓުން ވަނީ ހުނޫ ދޫކޮށްލައިފަ އެވެ. އެ ނިންމުން މިދިޔަ އޮގަސްޓް މަހު ހައި ކޯޓުން ބާތިލްކޮށް، ބަންދާ މެދު އަލުން ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އަމުރުކުރި އެވެ. އެހެންނަމަވެސް ބަންދާ މެދު ގޮތެއް ނިންމިއިރު ވެސް ކްރިމިނަލް ކޯޓުން ނިންމީ ހުނޫ ދޫކޮށްލުމަށެވެ.

އެ ނިންމުން ޕްރޮސިކިއުޓަ ޖެނެރަލް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހުނޫ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، ފަނޑިޔާރުގެ އިހްތިޔާރުގެ ތެރެއިން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް