އިންޑިއާ ސަރުކާރުގެ ފަރާތުން ރަމްޒީ ގޮތުން މި ލޯންޗް ހަދިޔާކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. ކަރެކްޝަންސްގެ ފަރާތުން ރަމްޒީ ގޮތުން ލޯންޗާ ހަވާލުވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެވެ.
މިރަސްމިއްޔާތުގައި، މިހާރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެއިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އިބްރާހީމް އަމީރު އާއި ކަރެކްޝަންސްގެ ބައެއް އޮފިސަރުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.