ads
ދަރިވަރުންތަކެއް އިމްތިހާނު ހޯލެއްގައި--
40 ސެންޓަރެއްގައި އޭލެވެލް އިމްތިހާނު ހަދަން ފަށައިފި
ރާއްޖޭގެ 40 ސެންޓަރެއްގައި އޭލެވެލް އިމްތިހާނު ހަދަން މިއަދު ފަށައިފި އެވެ.

އޭލެވެލް އިމްތިހާނު ހެދުން ފަށާފައި ވާއިރު، މިއަދު އިމްތިހާނު ހަދަނީ، މަތީ ސާނަވީގެ ދިވެހި އަދި އިސްލާމް އިމްތިހާނެވެ. އަދި އެޑެކްސެލް އޭލެވެލް އިމްތިހާނު ހެދުމަށް ހަމަޖެހިފައިވަނީ، އަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ އޮފިޝަލަކު ވިދާޅުވީ، މިއަދު ފެށި އެޗްއެސްސީ އިމްތިހާނު 1299 ދަރިވަރުން ހަދާނެ ކަމަށާއި، އެޑެކްސެލް އިމްތިހާނު ހެދުމަށް ހަމަޖެހިފައިވަނީ، 2785 ދަރިވަރަކު ކަމަށެވެ. 

އަދި އިމްތިހާނުތައް ރާއްޖޭގެ 40 ސެންޓަރެއްގައި ކުރިއަށް ދާނެ ކަމަށާއި، އޭގެ ތެރެއިން ހަތަރު ސެންޓަރަކީ މާލޭގައި ހުންނަ ސެންޓަރު ކަމަށާއި، ބާކީ 36 ސެންޓަރަކީ، އަތޮޅު ތެރޭގައި ހުންނަ ސެންޓަރުތައް ކަމަށެވެ. 

އެޑެކްސަލް އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެހެންނަމަވެސް މި އަހަރު މަތީ ސާނަވީ ގްރޭޑް 11 ގައި ކިޔެވުން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް