މިދިޔަ މެއި މަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝެއިހް ފަޒްލޫނާ ޝެއިހް ނިޝާން ހިމެނޭ ގޮތުން ވިއްސަކަކަށް މީހެއްގެ މައްޗަށް ދައުލަތުންވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލްވެސް ހިމެނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިހް ފަޒްލޫނާއި އާދަމް ނިޝާނަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. އަދި ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ކަމަށްވަނީ މައުލޫމާތު ލިބިފައިވެއެވެ.